މޭ 6 ހަމަލާ: އިތުރު 3 މީހަކަށް ދައުވާކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް، މިއަހަރުގެ މެއި 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން އިތުރު ތިން މީހަކަށް ދައުވާ ކޮށްފިި އެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު މިއަދު މީޑިއާތަކަށް ވިދާޅުވީ، މިއަދު ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ ޢަލީ އާއި އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމްގެ އިތުރުން މ. ކުދެހިގެ، އިސްހާގަށެވެ. […]