ހދ. ކުޅުދުއްފުށީ ސިޓީއިން 4 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވި ގޮތުގައި މިފަހަރު ފުރަތަމަ ޕޮޒިޓިވްވީ އެ ހޮސްޕިޓަލްގެ ފުލޫ އޯ.ޕީ.ޑީ އަށް ދެއްކި ބަންގުލަދޭޝްގެ ރައްޔިތެކެވެ.
އެ މީހާ ޕޮޒިޓިވްވުމާއި ގުޅިގެން ނެގުނު ސާމްޕަލްތަކުން އިތުރު 3 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.
އެހެންކަމުން މި ކްލަސްޓާއާއި ގުޅިގެން މިހާތަނަށް 4 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.
ކޭއާރުއެޗްއިން ވިދާޅުވީ، އިތުރު ސާމްޕަލް ނެގުމުގެ މަސައްކަތް މިވަގުތު ވެސް ކުރިޔަށްދާކަމަށެވެ
"ހުމާއި ރޯގާގެ އަލާމާތްތައް ހުރި އެންމެހާ ބޭފުޅުން ލަސް ނުކުރައްވާ ސާމްޕަލް ނެގުމަކީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އެޅިގެން ދާނެ ފިޔަވަޅެއް ކަމުގައި ދަންނަވަން." ކޭއާރުއެޗްއިން ވިދާޅުވެފަ ވެއެވެ.
އެ ހޮސްޕިޓަލުން ވަނީ ހުމާއި ރޯގާގެ އަލާމާތްތައް ހުރިނަމަ އެ ހޮސްޕިޓަލްގެފުލޫ އޯޕީޑީއަށް ގޮސްގެން ނުވަތަ އެ ހޮސްޕިޓަލްގެ ހޮޓްލައިން 7606688 އަށް ގުޅާ ނުވަތަ އެސްއެމްއެސް ކޮށްގެން ސާމްޕަލް ނެގުމުގެ ކަންތައްތައް ކުރިޔަށް ގެންދިޔުމަަށް ވެސް އެެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!