އިންސާނީ ޙައްޤުތައް ކުރިއަރުވައި ދެމެހެއްޓުމަށް ކުޅުދުއްފުށީގެ ގިނަ މަދަނީ ޖަމިއްޔާތަކާއެކު އެމްއޯޔޫ އެއްގައި ސޮއިކުރަން އެއްބަސްވެފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އިން ވިދާޅުވެއްޖެއެވެ.
އެޗްއާރުސީއެމުން މިހެން ވިދާޅުވީ، އެ ކޮމިޝަނުން ކުޅުދުއްފުށީ ސިޓީގެ ގިނަ މަދަނީ ޖަމިއްޔާތަކަކާއެކު ބައްދަލުކުރުމަށްފަހު އެބައްދަލުވުމާއިގުޅޭ ގޮތުން ކުރެއްވި ޓްވީޓެއްގައެވެ.
އެ ކޮމިޝަނުން ވިދާޅުވީ، ބައްދަލުވުމުގައި އިންސާނީ ޙައްޤުތައް ކުރިއަރުވައި ދެމެހެއްޓުމަށް ކުޅުދުއްފުށީ ސިޓީގެ ގިނަ މަދަނީ ޖަމިއްޔާތަކަކާއެކު އެމްއޯޔޫ އެއްގައި ސޮއިކުރުމަށް އެއްބަސްވެވުނުކަމަށެވެ.
މި ބައްދަލުވުމުގައި އެ ކޮމިޝަންގެ ކޮމިޝަނަރ މުއުމިނާ ވަޙީދު ދެއްކެވި ވާހަކާގައި އިންސާނީ ޙައްޤުތަކާ ގުޅޭ މައްސަލަތައް ހުށަހަޅާ އެމްބެސެޑަރސް ގޮތުގައި މަދަނީ ޖަމިއްޔާތައް މަސައްކަތް ކުރަން ޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ.
އެންޖީއޯތަކާ އެކު ބޭއްވުނު ބައްދަލުވުމަށްފަހު ކުޅުދުއްފުށީ ސިޓީގެ ގިނަ އެންޖީއޯތަކާއެކު ހިއުމަން ރައިޓްސް ކޮމިޝަނުން އިންސާނީ ޙައްޤުތައް ކުރިއަރުވައި ދެމެހެއްޓުމަށް އެމްއޯޔޫ އެއްގައި ސޮއިކުރުމަށް އެއްބަސްވެވުނު. pic.twitter.com/NhAksNntwn
— HRC of the Maldives (@hrcmv) September 9, 2021
މި ބައްދަލުވުމުގައި ކޮމިޝަނަރ މަރިޔަމް މުނާ ދެއްކެވި ވާހަކާގައި އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނުގައި ބަޔާން ކޮށްފައިވާ ފަދައިން މަދަނީ ޖަމިއްޔާތަކާއި ގުޅިގެން އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް ކޮމިޝަނުން މަސައްކަތް ކުރުން މުހިއްމުކަން ވަނީ ފާހަގަ ކުރައްވާފައެވެ.
އެޗްއާރުސީއެމްއިން ކުޅުދުއްފުށީ ސިޓީގެ ގިނަ މަދަނީ ޖަމިއްޔާތަކަކާއި ބައްދަލުކޮށްފައި މިވަނީ މިހާރު އެ ކޮމިޝަނުން އެ ސިޓީއަށް ކުރައްވައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ. މި ދަތުރުގައި އެ ކޮމިޝަނުން ވަނީ އެ ކޮމިޝަނުން ކުރިއަށް ގެންދާ އިންޓަރގްރޭޓެޑް ހިއުމަންރައިޓްސް އެވެއަރނަސް ޕްރޮގްރާމް ކުޅުދުއްފުށީ ސިޓީ ފަށާފައެވެ. އެ ޕްރޮގްރާމް ނިމޭނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.
އެޗްއާރުސީއެމްގެ މި ދަތުރުގައި ކުޅުދުއްފުށި ސިޓީކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި، ހދ. އަތޮޅު ކައުންސިލާ ވެސް ބައްދަލުކުރައްވާފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!