ރައީސުލްޖުމްހޫރިއްޔާ ދެއްވާ ބައެއް އިނާމްތައް ދެއްވުން އޮންނާނީ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ބައެއް އިނާމްތައް ކުރިއަތް އޮތް ގައުމީ ދުވަހު ދެއްވާ ގޮތަށް ހަމަޖައްސަވައިފިކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. މިގޮތުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލާއި، ކީރިތި ޤުރްއާން ހިތުދަސްކޮށް، 1 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލް، މި އަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްވާގޮތަށް ހަމަޖައްސަވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. ކުރިން މި ދެ އިނާމު ދެއްވާގޮތަށް ހަމަޖައްސަވާފައިވ...