2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގައި އާޖެންޓީނާ އާއި މިސްރު ބައްދަލުކުރި ފޯރިގަދަ މެޗަށްފަހު، ދަނޑުތެެރެއާއި ކުޅިބެލުންތެރިންގެ ވީޑިއޯތައް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އާޖެންޓީނާ ސަޕޯޓަރުން އިޒްރޭލު ދިދަ ދައްކައި ފުރައްސާރަކުރުމުން، މިސްރުގެ ކޯޗު ހުސާމް ހަސަން ކެތްތެރިކަން ކޮޅުންލިމަންޒު ފެންނަ ވީޑިއޯތައް ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ.

މި މެޗު 3-2 ގެ ނަތީޖާއަކުން އާޖެންޓީނާ ކާމިޔާބުކުރީ ފަހަތުން އަރައި ޖެހި ލަނޑުތަކުންނެވެ.

Ad
rt

މެޗުގެ ފަހު ފުމެލުމާއެކު، މިސްރުގެ ކޯޗު ހުސާމް ހަސަން ދަނޑުން ފައިބަން ދަނިކޮށް، އާޖެންޓީނާގެ ސަޕޯޓަރުން އޭނާއަށް ފުރައްސާރަކުރުމުގެ ގޮތުން އިޒްރޭލުގެ ދިދައެއް ދައްކާފައިވެއެވެ.

މުބާރާތުގެ ކުރީގެ މެޗުތަކުގައި ފަލަސްތީނުގެ ދިދަ ހިފައިގެން ނުކުމެ، ފަލަސްތީނަށް ތާއީދުކުރާކަން ފާޅުކަން ބޮޑުގޮތެއްގައި ހާމަކޮށްފައިވާ ހުސާމް ހަސަން މިކަމާ އިންތިހާއަށް ހިތްދަތިވެ އޭނާގެ މޭމަތީ އިން މިސްރުގެ ދިދައަށް އިސާރާތްކޮށް ''އަހަރެމެންނަކީ މިސްރު މީހުން'' ކަމަށް ދޭހަވާ އިބާރާތަކުން ވާހަކަދައްކާތީ އެއް ވީޑިއޯއިން ފެނެއެވެ. އާޖެންޓީނާގެ އެ ސަޕޯޓަރުންނާ ދިމާލަށް ''އަހަރެމެންނަކީ މިސްރު މ މި ހާދިސާއާ ގުޅިގެން ސެކިއުރިޓީން ވަނީ އޭނާ އެ ސަރަހައްދުން ދުރަށް ގެންގޮސްފައެވެ.

އޮސްޓްރޭލިއާ އަތުން މިސްރު މޮޅުވި މެޗަށްފަހު ފަލަސްތީނުގެ ދިދަ ހިފައިގެން އުފާފާޅުކުރި މިސްރުގެ ކޯޗު ހަސަން ވަނީ އާޖެންޓީނާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަލަސްތީނުގެ ދިފާއުގައި ވަރަށް ބޮޑަށް ވާހަކަދައްކާފައެވެ. މުޅި ޕްރެސްގައިހެން އޭނާ ވާހަކަދެއްކީ ފަލަސްތީނުގެ ދިފާއުގައެވެ.

އެދުވަހުގެ ޕްރެސްގައި ފަލަސްތީނުގެ ރައްޔިތުންގެ ހާލަތާ މެދު ވަރަށް އަސަރާއެކު ކޯޗު ހަސަން ބުނެފައި ވަނީ ފަލަސްތީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ކަންކަމާ މެދު ހަމްދަރުދީ ނުވާ މީހަކީ އިންސާނެއް ނޫންކަމަށެވެ.

"ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި މީހަކު ކަމުގައިވީ ނަމަވެސް، އެއީ އަރަތްބެއް، ޔޫރަޕް މީހެއް ނުވަތަ އެމެރިކާ މީހެއް ކަމުގައިވީ ނަމަވެސް، ފަލަސްތީނުގެ ރައްޔިތުންނާ މެދު ހަމްދަރުދީ ނުވާ ނަމަ އެއީ އިންސާނެއް ނޫން،" ހަސަން ބުންޏެވެ.

މެޗުގެ ފަހު ވަގުތު މެސީ ކާމިޔާބުކުރި އެއްވަރުވި ލަނޑާއި، އޭގެ ފަހުން ޖެހި މޮޅުވި ލަނޑަށްފަހު ދަނޑުގެ ސަޕޯޓަރުންގެ މެދުގައިވެސް ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައެވެ. އާޖެންޓީނާގެ ސަޕޯޓަރުން މިސްރުގެ ސަޕޯޓަރުންނާ ދިމާލަށް ބިޔަރު ދަޅާއި ފުޅި އުކައި، ހުތުރު ބަހުން މުހާތަބުކޮށް ފުރައްސާރަކުރި މަންޒަރުތައް ވީޑިއޯތަކުން ފެނެއެވެ.

މި މެޗުގައި ރެފްރީގެ ނިންމުންތަކާއި ވީއޭއާރްގެ ނިންމުންތަކާމެދު ހުސާމް ހަސަން ހުރީ ކުރިންވެސް ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އެހެންކަމުން، ސިޔާސީ ގޮތުން ކުރިމަތިވި މި ފުރައްސާރައާއެކު މަސްލަހަތު އިތުރަށް ގޯސްވިއެވެ. މި ހާދިސާއާ ގުޅިގެން އިންޓަނެޓްގައި ބޮޑު ބަހުސެއް އުފެދިފައިވާއިރު، ބައެއް މީހުން ބުނަނީ ހުސާމް ހަސަން ކުރީ ރަނގަޅު ކަމެއް ކަމަށާއި އޭނާ ދިފާއުކުރީ އޭނާގެ އުސޫލުތައް ކަމަށެވެ.

މިކަމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރި ސަޕޯޓަރަކު ބުނެފައިވަނީ، "މެސީއަށް ސަޕޯޓުކުރުމަކީ ދުނިޔޭގައި ތިބި އެންމެ ނުލަފާ، ނަސްލީ ތަފާތުކުރުން ގެންގުޅޭ މީހުން ދިފާއުކުރަންޖެހޭ ސަބަބެއް ނޫން" ކަމަށެވެ. އަދި އަމިއްލަ ބައްރުގެ ކުޑަކުދިންނަށްވެސް އިހުތިރާމެއް ނެތް ބަޔަކަށް ސަޕޯޓުކޮށް، އެމީހުންގެ ދިދަ ދައްކައިގެން ފުރައްސާރަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ފީފާއިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މި މައްސަލަ ތަހުގީގު ކުރާނެ ކަމަށް ބެލެވެއެވެ.