ޒެން މެޑި ކްލިނިކާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ "ކޮމިއުނިޓީ ރެސިލިއަންސް އެންޑް ޕޯސްޓް-ޓްރޯމެޓިކް ގްރޯތް އިނިޝިއޭޓިވް" ތަމްރީނު ޕްރޮގްރާމް ކުޅުދުއްފުށީ ސިޓީގައި މިއަދު ފަށައިފިއެވެ.

މި ޖުލައި މަހުގެ 8 އިން 9 އަށް ކުރިއަށްދާ މި ދެ ދުވަހުގެ ތަމްރީނު ޕްރޮގްރާމަކީ ކާރިސާތަކާއި ހިތާމަވެރި ހާދިސާތަކުން އަރައިގަތުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މި ތަމްރީނުތަކުގައި މުޖުތަމައުގެ އެކި ދާއިރާތަކުން ބައިވެރިން ބައިވެރިވެފައިވެއެވެ.

Ad
rt

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ މުޖުތަމައުގެ ބަދަހިކަން ވަރުގަދަކުރުމާއި، ސައިކޯސޯޝަލް ސަޕޯޓް ނުވަތަ ނަފްސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހުނަރުތައް ތަރައްގީކުރުމެވެ.

މީގެ އިތުރުން މައުލޫމާތު ހިއްސާކުރުމާއި، އަމަލީ ތަމްރީނުތަކުގެ އެހީގައި ޕޯސްޓް-ޓްރޯމެޓިކް ގްރޯތް ނުވަތަ ހިތާމަވެރި ހާދިސާއަކަށްފަހު ކުރިއެރުން ހޯދާނެ ގޮތްތަކަށް ބައިވެރިން އަހުލުވެރިކުރެވޭނެކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

"އަޅުގަނޑުމެން އެންމެން ގުޅިގެން މި މަސައްކަތް ކުރަނީ ވަރުގަދަ، ކެތްތެރި މުޖުތަމައެއް ބިނާކުރުމަށް،" ސިޓީ ކައުންސިލުން ބުނެފަވެއެވެ.

މި ޕްރޮގްރާމަކީ މުޖުތަމައުގެ ބަދަހިކަން އިތުރުކުރުމަށާއި ނަފްސާނީ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ހިންގާ މުހިންމު ހަރަކާތެކެވެ.