ދޯންޏެއް ގެއްލިގެން ހޯދަނީ
ސަފާރީއެއްގެ ކަފުގައި އޮތް ފަރުމަސްވެރިކަންކުރުމަށް ބޭނުންކުރާ ކުޑަ ދޯންޏެއް ކަނޑައިގެން ގޮސް ގެއްލިފައިވާތީ، އެ ދޯނި ހޯދުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ. މި ދޯންޏަކީ، މާލެއިން ފުރައިގެން ނ. އަތޮޅުގައި އޮންނަ ސޮނެވާ ޖާނީއަށް ދަތުރުކުރި ސަފާރީއެއްގެ ކަފުގައި އޮތް 23 ފޫޓުގެ ދޯންޏެކެވެ. އެމްއެންޑީއެފުން ވިދާޅުވީ، ސަފާރީގެ ކަފުގައި އޮތް “މާކޯނި” ނަމަކަށް ކިޔާ ފަރުމަސްވެރިކަން ކުރާ މި ދޯނި ކަނޑައިގެންގޮސް ގެއްލިފައިވާކަމަށެވެ. އެހެންވެ ދޯނި ހޯދުމުގެ މަސައްކަތް، އެމްއެންޑީއެފް ކޯސްޓްގާޑު ފަސްޓް...