މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,450 Stories
2,809 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

މާރަންދޫ ސްކޫލްގައި ދެ ފަންގިފިލާގެ އިމާރާތެއް އަޅަން ހަވާލުކޮށްފި
Thiladhunmathi News

މާރަންދޫ ސްކޫލްގައި ދެ ފަންގިފިލާގެ އިމާރާތެއް އަޅަން ހަވާލުކޮށްފި

ހއ. މާރަންދޫ ސްކޫލުގެ ދެ ފަންގިފިލާގެ އިމާރާތް އަޅަން މިއަދު ކޮންޓެކްޓަރާއި ހަވާލު ކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގައި މާރަންދޫ ތަމްސީލް ކުރައްވާ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވެސް ބައިވެރިވެރިވެ ވަޑައިގެންނެވިއެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ، ކޭ އެންޑް އެފް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި ދެބުރީގެ އިމާރާތުގައި ހިމެނެނީ ސްޓާފް ރޫމަކާއި، ސައިންސް ލެބެއްގެ އިތުރުން ދެ ކިލާސް ރޫމެވެ. މި...

މިލަންދޫގައި ދަރިވަރުން ރަށުތެރޭގައި ހަރަކާތްތެރިވާގޮތް މޮނީޓާ ކުރަނީ
Thiladhunmathi News

މިލަންދޫގައި ދަރިވަރުން ރަށުތެރޭގައި ހަރަކާތްތެރިވާގޮތް މޮނީޓާ ކުރަނީ

ށ. މިލަންދޫގައި ދަރިވަރުންނަށް ރައްކާތެރި މާޙައުލެއް ކަށަވަރު ކޮށްދިނުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅައި ސްކޫލު ދަރިވަރުން ރަށުތެރޭގައި ޙަރަކާތްތެރިވާގޮތް މޮނީޓާ ކުރުމަށް ނިންމައިފިއެވެ. މިކަން ބަޔާންކޮށް މިލަންދޫ ކައުންސިލުން އާންމުކުރެއްވި ޢިއުލާނެއްގައި ވިދާޅުވެފައި ވަނީ، މިހާރަކަށް އައިސް އެރަށުގައި ސްކޫލު ދަރިވަރުންގެ މެދުގައި ބުލީ ކުރުމުގެ ޢަމަލުތައް އިތުރުވެ، މުހިންމު ބޭނުމެއްނެތި ދަރިވަރުން ރަށުތެރޭގައި ގްރޫޕް ހަދައިގެން އުޅޭ މިންވަރު އިތުރުވަމުން އަންނަ ކަމަށެވެ. އެހެންކަމުން މިފަދަ ޢަމަ...

ހޯރަފުށީ ކައުންސިލްގެ ކާމިޔާބީގެ 1 އަހަރު ފާހަގަކޮށްފި
Thiladhunmathi News

ހޯރަފުށީ ކައުންސިލްގެ ކާމިޔާބީގެ 1 އަހަރު ފާހަގަކޮށްފި

ހއ. ހޯރަފުށީ ކައުންސިލްގެ ކާމިޔާބީގެ 1 އަހަރު މިއަދު ފާހަގަކޮށްފިއެވެ. ހޯރަފުށީ ކައުންސިލްގެ ކާމިޔާބީގެ 1 އަހަރު ފާހަގަކޮށްފައި ވަނީ އެ ކައުންސިލްގެ އިދާރީ މުވައްޒަފުންގެ ފަރާތުންނެވެ. މިއަދު އެކައުންސިލްގައި ވަނީ މިކަމަށް ޚާއްޞަ ކޭކެއް ފަޅާފައެވެ. މި ކަމަށް މިއަދު އެ ކައުންސިލްގައި ބޭއްވި ހަފްލާއެއްގައި ހޯރަފުށީ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި އަދި ކައުންސިލް އިދާރާގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. ހޯރަފުށީ ކައުންސިލުން ވަނީ އެ ކައުންސިލ...

އެމްޑީޕީ އެތެރޭގެ އިންތިޚާބު: ވަގުތީ ނަތީޖާ ޢިއުލާންކޮށްފި
Raajje

އެމްޑީޕީ އެތެރޭގެ އިންތިޚާބު: ވަގުތީ ނަތީޖާ ޢިއުލާންކޮށްފި

މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ދިޔަ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ވަގުތީ ނަތީޖާ މިއަދު ޢިއުލާންކޮށްފިއެވެ. އެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ޕާޓީގެ ޗެއާޕާސަން ކަމަށް އިންތިޚާބު ވެފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފަޔާ) އެވެ. އޭނާއަށް 27،163 ވޯޓު ލިބުނެވެ. ފަޔާ އާއި ވާދަކުރެއްވި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް ލިބިފައިވަނީ 19،980 ވޯޓެވެ. އަންހެނުން ރޫހުގެ ރައީސާކަމަށް ވާދަކުރެއްވި އައްޑޫ މީދޫ […]

ތަކަންދޫ ނެރުފައިކަށި އަޕްގްރޭޑްކޮށް، އުތުރު ކުޅި ސަރަހައްދު ހިމާޔަތްކުރަން ހަވާލުކޮށްފި
Raajje

ތަކަންދޫ ނެރުފައިކަށި އަޕްގްރޭޑްކޮށް، އުތުރު ކުޅި ސަރަހައްދު ހިމާޔަތްކުރަން ހަވާލުކޮށްފި

ހއ. ތަކަންދޫ ނެރުފައިކަށި އަޕްގްރޭޑް ކުރުމަށާއި، އެރަށު އުތުރު ކުޅި ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ. މިކަމަށް މިއަދު އޮތް ރަސްމިއްޔާތުގައި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓި...

ވިލިމާލެ ބައި އިލެކްޝަން: ދެ ވޯޓު ކަަރުދާސްކޮޅު ޗެކް ކުރުމުން ވެސް ނަތީޖާއަށް ބަދަލެއްނައި
Raajje

ވިލިމާލެ ބައި އިލެކްޝަން: ދެ ވޯޓު ކަަރުދާސްކޮޅު ޗެކް ކުރުމުން ވެސް ނަތީޖާއަށް ބަދަލެއްނައި

ހޮނިހިރު ދުވަހު ކުރިއަށް ދިޔަ ވިލިމާލޭ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި- އިލެކްޝަނާއިގުޅިގެން ހުށަހެޅި ޝަކުވާތަކާއި ގުޅިގެން ދެ ވޯޓު ކަރުދާސްކޮޅެއް އަލުން ޗެކް ކުރުމުން ވެސް ނަތީޖާއަށް ބަދަލު ނާންނަކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) އިން ނިންމަފި އެވެ. އެ އިންތިޚާބާއި ގުޅިގެން ޝަކުވާ ހުށަހެޅީ އެ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓު އާމިނަތު ޝީޒާ ނިސްބަތްވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިންނެވެ. އީސީން ޢިއުލާންކުރި ވަގުތީ ނަތީޖާގައި ވާގޮތުން އެއް ވޯޓުގެ ތަފާތުން […]

ސްޓޫޑެންޓް ލޯނު 393 ދަރިވަރަކަށް
Raajje

ސްޓޫޑެންޓް ލޯނު 393 ދަރިވަރަކަށް

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނަށް އެދުމަށް ސަރުކާރުން އެންމެފަހުން ހުޅުވާލި 720 ފުރުސަތުގެތެރެއިން 393 ދަރިވަރަކަށް ލޯނު ދޭން ނިންމައި ވަގުތީ ލިސްޓް އާންމުކޮށްފިއެވެ. ހަޔާ އެޑިޔުކޭޝަން މިނިސްޓްރީއިން މިއަދު ވިދާޅުވީ، ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ޢިއުލާނު ކުރެވުނު ލޯން ސްކީމްގެ ވަގުތީ ނަތީޖާ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ޙަސަން މިއަދު ޢިއުލާން ކުރައްވާފައިވާ ކަމަށެވެ. އަދި 393 ދަރިވަރަކަށް މަތީ […]

"މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ މަސައްކަތް ލަސްވުމަކީ ތަޙައްމަލު ނުކުރެވޭނެ ގެއްލުމެއް"
Raajje

"މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ މަސައްކަތް ލަސްވުމަކީ ތަޙައްމަލު ނުކުރެވޭނެ ގެއްލުމެއް"

މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުން އިތުރަށް ލަސްވެގެންދިއުމަކީ އެންމެ ނާޒުކު ޙާލަތުގައި ހުރި ޤައުމުތަކުގެ ރައްޔިތުންނަށް ތަޙައްމަލު ކުރެވޭވަރުގެ ގެއްލުމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި މޭރުމުން ވާހަކަފުޅު ދެއްކެވީ މިއަދު ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި “ގްލާސްގޯ-ޝަރްމުއްޝައިޚް ވަރކް ޕްރޮގްރާމް އޮން ގްލޯބަލް ގޯލް އޮން އެޑެޕްޓޭޝަން” ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކ...

"ފޮރިން ސާވިސް ޤާނޫނަކީ ޚާރިޖީ ސިޔާސަތު ހަރުދަނާކުރުމަށް ރައީސް ގެންގުޅުއްވާ ތަޞައްވަރުގެ ނަތީޖާ"
Raajje

"ފޮރިން ސާވިސް ޤާނޫނަކީ ޚާރިޖީ ސިޔާސަތު ހަރުދަނާކުރުމަށް ރައީސް ގެންގުޅުއްވާ ތަޞައްވަރުގެ ނަތީޖާ"

މިއަދު އަމަލުކުރާން ފެށުނު ފޮރިން ސާވިސް ޤާނޫނަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާކުރުމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ތަޞައްވަރުގެ ނަތީޖާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. މިއަދަކީ ދިވެހިރާއްޖޭގެ ފޮރިން ސަާވިސްގެ ޤާނޫނު ތަންފީޒުކުރަންފަށާދުވަހެވެ. މި މުނާސަބަތުގައި ފޮނުއްވި ޚިޠާބެއްގައި ޝާހިދު ވިދާޅުވީ، މިއަދަކީ ދިވެހިރާއްޖޭގެ ޚާރިޖީ ދާއިރާގެ...

ފިނޭންސް މިނިސްޓްރީގެ ޕީއެސް އަކަށް ސިރާޖް
Raajje

ފިނޭންސް މިނިސްޓްރީގެ ޕީއެސް އަކަށް ސިރާޖް

މިނިސްޓްރީ އޮފް ފިނޭންސްގެ ޕަރމަނަންޓް ސެކްރެޓަރީ (ޕީއެސް)ގެ މަގާމަށް އަޙްމަދު ސިރާޖް އައްޔަނުކޮށްފިއެވެ. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވިދާޅުވީ، މިނިސްޓްރީ އޮފް ފިނޭންސްގެ ޕީއެސް ކަމަށް އަޙްމަދު ސިރާޖް (ވ. ސިނަމާލެ 4 04-2، މާލެ) މިއަދު އައްޔަނުކޮށްފައިވާ ކަމަށެވެ. އޭނާ އަށް މަގާމުގެ ލިޔުން ޙަވާލުކުރުމަށް މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު އެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފިނޭންސްގެ އިސްވެރިންނާއި...

ރައީސް ޞާލިޙް ޔޫއޭއީއަށް ފުރާވަޑައިގެންފި
Raajje

ރައީސް ޞާލިޙް ޔޫއޭއީއަށް ފުރާވަޑައިގެންފި

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝެއިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ އާއިލާ އަށް ތައުޒިޔާ ދެންނެވުމަށާއި އާއިލާގެ ހިތާމައިގައި ބައިވެރިވެވަޑައިގަތުމަށް  ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު އެ ޤައުމަށް ފުރާވަޑައިގެންފިއެވެ. ޔޫއޭއީގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ސްޕްރީމް ކޮމާންޑަރ އައްޝައިޚު އަލް މަރްހޫމް ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވީ ހުކުރު ދުވަހުއެވެ. އަވަހާރަވިއިރު ޢުމުރު ފުޅަކީ 73 އަހަރެވެ...

އެމްޑީޕީ އެތެރޭގެ އިންތިޚާބު: ވޯޓުލުން 6 ޖެހުމާ ހަމައަށް
Raajje

އެމްޑީޕީ އެތެރޭގެ އިންތިޚާބު: ވޯޓުލުން 6 ޖެހުމާ ހަމައަށް

މިއަދު ކުރިއަށްދާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާރޕާސަން، އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިއްވަރުގެ އިންތިޚާބުގެ ވޯޓުލުމުގެ ވަގުތު ހަވީރު 6 ޖެހުމާއި ހަމައަށް އިތުރުކޮށްފިއެވެ. އެމްޑީޕީން ބުނީ މިހާރު ކުރިއަށްދާ އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުމަށް ދެވިފައިވާ ގަޑި، މިއަދު ވިއްސާރަވުމާއި ބައެއް ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ފެއްޓުލެއް ލަސްވުމުގެ ސަބަބުން މިއަދު ހަވީރު 6:00 އާއި ހަމައަށް ވަޤުތު އިތުރުކޮށްފައިވާ ކަމަށެވެ. ކުރިން ވޯޓުލާ ނިންމަން ދީފައި ވަގުތަކީ ހަވީރު 4:00...

މޫސުން އަދިވެސް ގޯސް، ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފި
Raajje

މޫސުން އަދިވެސް ގޯސް، ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފި

ރާއްޖެގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިރިއޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރެފައިވާ ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފިއެވެ. މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައި ވަނީ އެންމެ އުތުރުން ހއ. އަތޮޅުން ފެށިގެން މ. އަތޮޅު ހިމެނޭ ސަރަހައްދަށެވެ. މި ސަރަހައްދުތަކަށް މިރޭ 20:00 ހަމައަށް ވަނީ ޔެލޯ އެލާޓް ދަމަހައްޓާފައެވެ. މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ […]

ޔޫއޭއީ ރައީސްގެ ޖަނާޒާއަށް ރައީސް ޞާލިޙް މާދަމާ އެ ޤައުމަށް
Raajje

ޔޫއޭއީ ރައީސްގެ ޖަނާޒާއަށް ރައީސް ޞާލިޙް މާދަމާ އެ ޤައުމަށް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝެއިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާންގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މާދަމާ އެ ޤައުމަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ. ޔޫއޭއީގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ސްޕްރީމް ކޮމާންޑަރ އައްޝައިޚު އަލް މަރްހޫމް ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވީ އިއްޔެ އެވެ. އަވަހާރަވިއިރު ޢުމުރު ފުޅަކީ 73 އަހަރެވެ. ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، ޔޫއޭއީގެ ރައީސް […]

ވިލިމާލެ ދާއިރާގެ ޑަބްލިއުޑީސީގެ ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށް
Raajje

ވިލިމާލެ ދާއިރާގެ ޑަބްލިއުޑީސީގެ ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށް

މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނުގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ. އިލެކްޝަން ކޮމިޝަން (އީސީ) އިން މައުލޫމާތު ދެއްވާ ގޮތުގައި މި އިންތިޚާބުގެ ވޯޓުލުން ފެށިފައި ވަނީ މިއަދު ހެނދުނު 8:00 ގައެވެ. އަދި ހަވީރު 16:00 އަށް ވޯޓުލުން ކުރިއަށް ގެންދާނެއެވެ. މި އިންތިޚާބުގައި ވާދަކުރަނީ ދެ ކެންޑިޑޭޓެކެވެ. އެއީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް، ފާޠިމަތު […]