މޮޅަދޫ ސްކޫލުގައި 3 ކްލާސްރޫމް އަޅަން އެއްބަސްވުމުގައި ސޮއިކޮށްފި

photo_2022-05-18_20-05-35

‏ހއ. މޮޅަދޫ ސްކޫލުގައި 3 ކްލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައި ވަނީ ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަސައްކަތް ހަވާލުކޮށްފައި ވަނީ، 4،779،049.14 ރުފިޔާއަށް، 118 ދުވަސް ތެރޭ ނިންމާގޮތަށެވެ.

މި މަސައްކަތް ހަވާލުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގައި މާރަންދޫ ތަމްސީލް ކުރައްވާ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވެސް ބައިވެރިވެރިވެ ވަޑައިގެންނެވިއެވެ.

މޮޅަދޫ ސްކޫލުގައި 3 ކްލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރިއިރު، މިއަދު ވަނީ އެ އަތޮޅު މާރަންދޫ ސްކޫލުގެ ދެ ފަންގިފިލާގެ އިމާރާތް އަޅަން ވެސް ކޮންޓެކްޓަރާއި ހަވާލުކޮށްފައެވެ.

މި ދެރަށުގެ ސްކޫލްތަކުގެ ތަރައްގީއަށް އިމާރާތްތަކެއް ކުރަން އެޑިޔުކޭޝަނުން މިއަދު ހަވާލުކުރިއިރު، އެޑިޔުކޭޝަން މިނިސްޓްރީން ގެންދަވަނީ ތައުލީމީ ދާއިރާގެ ތަރައްގީއަށް ގިނަ މަޝްރޫޢޫތަކެއް ހިންގަވަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި