ރާއްޖޭގެ ގިނަބަޔެއްގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ކަށީގެ ޑޮކްޓަރު ޔޫސުފް ޝާން، ރާއްޖެގެ މައި ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ވަކިވެވަޑައިގެންފިއެވެ.
އައިޖީއެމްއެޗްގެ ރަސްމީ ފޭސްބުކް ޕޭޖްގައިކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުގެ ކަށީގެ ސީނިއާ ކޮންސަލްޓަންޓް، ޑރ. ޝާން އެ ހޮސްޕިޓަލުގެ ވަޒީފާއިން ވަކިވެވަޑައިގެންފައިވާތީ ހަފުލާއެއް ބާއްވާފައިވާ ކަމަށެވެ.
އަދި ޑރ. ޝާން ވަކިވެވަޑައިގަތީ އަބޫދާބީގައި "އާ ޗެލެންޖުތަކަކާ ކުރިމަތިލެއްވުމަށް" ކަމަށް ބުނެފަވެއެވެ.
އެ ހޮސްޕިޓަލުން ވަކިވެވަޑައިގެންއިރު ޝާން ހުންނެވީ އެ ހޮސްޕިޓަލްގެ މެޑިކަލް ޑިރެކްޓަރުގެ މަޤާމުގައެވެ. އޭނާ އެ މަގާމް ފުއްވީ 2021 ވަނަ އަހަރުގެ ޖެނުއަރީ 21 ވަނަ ދުވަހުން ފެށިގެން މި ހިނގާ މޭ މަހުގެ 1 ވަނަ ދުވަހާއި ހަމައަށެވެ.
ޑރ. ޔޫސުފް ޝާނަކީ ރާއްޖޭގެ ގިނަ ބަޔެއްގެ އިތުބާރު ހޯދާފައިވާ ކަށީގެ ޑޮކްޓަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!