ހއ. މުރައިދޫ ފެނަކަ ބްރާޗްގެ ފަރާތުން އެރަށު ސިއްހީ މަރުކަޒަށް އެހީތެރިވެއްޖެއެވެ.

މުރައިދޫ ސިއްހީ މަރުކަޒުން ވިދާޅުވި ގޮތުގައި އެ މަރުކަޒަށް ލިބުނު އެންބިއުލާންސް ބާއްވަން ނިންމާފައިވާ ގަރާޖުގެ ތަޅުން އެޅުމުގައި ފެނަކަ ކޯޕަރޭޝަން މުރައިދޫ ބްރާންޗްގެ އެހީތެރިކަމަށް އެ މަރުކަޒުން އެދުނެވެ.

Ad
rt

އެ މަރުކަޒުގެ އެދުމަށް މުރައިދޫ ފެނަކަ ބްރާންޗްގެ މުވައްޒަފުން ދެއްވީ ވަރަށް ފުރިހަމަ އެއްބާރުލުމެއްކަމަށް ސިއްހީ މަރުކަޒުން ފާހަގަ ކުރައްވާފަވެއެވެ.

އެ މަސައްކަތް ކޮށްދީފައި ވަނީ މުރައިދޫ ފެނަކަ ބްރާންޗްގެ މުވައްޒަފުންނެވެ.

"މި މަރުކަޒުގެ އެދުމަށް އެއްބާރުލެއްވުން ދެއްވަވައި ފެނަކަ މުރައިދޫ ބްރާންޗްގެ ދީލަތި އެހީތެރިކަމާއި މުވައްޒަފުންގެ އެއްބާރު ލެއްވުމާއިއެކު އެ މަސައްކަތް ވަނީ ވަރަށް ފުރިހަމައަށް ނިންމާލެވިފައި" މުރައިދޫ ސިއްހީ މަރުކަޒުން ވިދާޅުވެފަވެެއެވެ.

މި އެހީތެރިކަމަށް މުރައިދޫ ސިއްހީ މަރުކަޒުން ވަނީ މުރައިދޫ ފެނަކަ ބްރާންޗްގެ ވެރިންނާއި މުވައްޒަފުންނަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

އެމަރުކަޒުން ވަނީ، މުއައްސަސާތަކުން ގުޅިގެން ކުރެވޭ މަސައްކަތްތަކުން ދަތިވެފައިވާ ގިނަ ކަންކަމަށް ހައްލު ހޯދިދާނެކަމަށް ވެސް ވިދާޅުވެފައެވެ.

ސަރުކާރުގެ ސިޔާސަތުގެ ދަށުން ޒަމާނީ ވަސީލަތްތަކާއިއެކު ރާއްޖޭގެ ރަށްތަކަށް ޒަމާނީ އެންބިއުލާންސް ފޯރުކޮށްދިނުމުގެ ގޮތުން ފޯރުކޮށްދެވޭ އެންބިއުލާންސްތަކުން އެމްބިއުލާންސެއް އެރަށަށް ފޮނުވާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

މީގެ ކުރީން ފެނަކަ މުރައިދޫ ބްރާންޗުން ވަނީ އެރަށަށް ވާރެ ނުވެހޭތާ ގިނަ ދުވަސްތަކެއް ވޭތުވެ ބޯފެނުގެ ދަތިކަން ތަހައްމަލުކުރަންޖެހުމުން އެރަށަށް 12000 ލީޓަރުގެ ބޯ ފެން ވެސް ފޯރުކޮށްދީފައެވެ.