ހދ. މަކުނުދޫ ކައުންސިލާއި ގުޅިގެން އެރަށުގައި އަންނަ ބޮޑު ޢީދު (އަޟްޙާ ޢީދު) ފާހަގަކުރަން ޝަޢުޤުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މަކުނުދޫ ކައުންސިލުން ކުރި ޢިއުލާނެއްގައި ވިދާޅުވެފައިވާ ގޮތުގައި އަންނަ ބޮޑު ޢީދު، މަކުނުދޫގެ ޖަމިއްޔާ ޖަމާޢަތްތަކާއެކު ބައިވެރިވެގެން ފާހަގަކުރަން އެއުންސިލުން ވަނީ ނިންމާފައެވެ.
އެހެންކަމުން މި އަހަރުގެ ބޮޑު ޢީދު މަކުނުދޫ ކައުންސިލާއި ގުޅިގެން ފާހަގަކުރުމަށް ޝަޢުޤުވެރިވާ ފަރާތްތައް އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު މިއަދު ވަނީ ހުޅުވާލާފައެވެ.
މިކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން 23 މޭ 2022 ވާ ހޯމަ ދުވަހުގެ 11:00 ގެކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހެއެވެ. ޕްރޮޕޯސަލް ހުށަހަޅަންޖެހެނީ އެކަމަށް ޚާއްޞަކޮށްފައިވާ ގޫގުލް ް މެދުވެރިކޮށެވެ.
މަކުނުދޫ ކައުންސިލްގެ މާލިއްޔާއިން ހިލޭ އެހީދޭ އުސޫލް:
މި އަހަރުގެ ބޮޑު ޢީދު ދިމާވަނީ އަންނަ ޖުލައި މަހުގެ 9 ވަނަ ދުވަހާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!