މާލޭގެ ގެ އެއްގައި ގޭސް ފުޅިއެއް ގޮވައި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މާލޭގެ ގެ އެއްގައި ގޭސް ފުޅިއެއް ގޮވައި މީހަކަށް އަނިޔާ ލިބިފައިވާކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

Ad
rt

ގޭސް ފުޅިގޮވާފައި ވަނީ މާލޭގެ މާފަންނު އުނިގަސްމަގުގައި ހުންނަ ގެއެއްގައެވެ.

އެ ރިޕޯޓް ލިބުމާއި ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މިހާދިސާގައި އަނިޔާ ލިބިފައި ވަނީ ދިވެހި ފިރިހެނަކަށެވެ. އޭނާ އަށް ބޮޑު އަނިޔާއެއް ލިބިފައިއެއް ނުވެއެެވެ.