އެމްޑީޕީގެ މަތިއުތުރު ޕްރޮވިންސްގެ ރައީސްކަމަށް އަކްރަމް
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މަތިއުތުރު ޕްރޮވިންސްގެ ރައީސްކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ގޮތުގައި ހުންނެވި އަކްރަމް ކަމާލުއްދީން، މއ. އެވަރލާސްޓް / މާލެ ސިޓީ އިންތިޚާބު ވެއްޖެއެވެ. މިއަދު ކުރިއަށް ދިޔަ މި އިންތިޚާބުގައި އަކުރަމް ކުރި ހޯއްދަވާފައިވަނީ 2988 ވޯޓުންނެވެ. އެއީ އިންތިހާބުގައި ވޯޓުލީ މީހުންގެ 71 އިންސައްތަ އެވެ. ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލަށް ލިބިވަޑައިގެންނެވީ 850 ވޯޓެވެ. އެއީ 20 ޕަސެންޓް އެވެ. ހެރިޓޭޖު މިނިސްޓްރީގެ ސީނިއާ...