ހދ. ނޮޅިވަރަމްގައި ހާއްސަ ދަރުހެއް ރޭ ބާއްވައިފިއެވެ.
މި ދަރުސް ކުރިއަށް ގެންގޮސްފައި ވަނީ ''ގެވެށި އަނިޔާ'' މި މައުޟޫޢު އަށެވެ.
ނޮޅިވަރަމް ކައުންސިލާއި، ޖަމިއްޔަތުއް ސަލަފް ގުޅިގެން ކުރިއަށް ގެންދިޔަ މި ދަރުސް އޮތީ ރޭ 20:30 ގައި ނޮޅިވަރަމް، ''މާ ބަގީޗާ'' ގައެވެ.
މި ދަރުސް ދެއްވާފައި ވަނީ، އައްޝައިޚް އަޙްމަދު ސަމީރެވެ.
ޖަމިއްޔަތުއް ސަލަފްގެ ހަފްތާ ބަންދު ދަރުސް ސިލްސިލާގެ ދަށުން ގެންދިޔަ މި ދަރުސްއަށް އަޑު އަހަން ނޮޅިވަރަމްގެ ގިނަ ބަޔަކު ދިޔައެވެ.
''ގެވެށި އަނިޔާ'' މި މައުޟޫޢު އަށް އެރަށުގައި ދަރުހެއް ބާއްވާފައި މިވަނީ، ފިރިމީހާގެ ގެވެށި އަނިޔާ ކުރިމަތިވެފައިވާކަމަށްބުނާ އެރަށު އަންހެނަކު ނިޔާވެފައި ވަނިކޮށެވެ. މި ހާދިސާ ހިނގާފައި ވަނީ މި ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
ޖަމިއްޔަތުއް ސަލަފްގެ ހަފްތާ ބަންދު ދަރުސް ސިލްސިލާގެ ދަށުން ދަރުހެއް މި ހަފްތާ ބަންދުގައި ނޮޅިވަރަމްފަރުގައި ވެސް އޮންނާނެއެވެ. ނޮޅިވަރަމްފަރު ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދާ މި ދަރުސް އެ ރަށުގައި އޮންނާނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!