ހުޅުމާލެ ފޭސް ދެއެއްގައި ދެ ސައިކަލް ޖެހި މިއަދު އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހުޅުމާލެ ފޭސް ދެއެއްގައި ދެ ސައިކަލް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ކޮށްފައި ވަނީ މެންދުރު 13:00 ހާއިރުއެވެ.
''މި އެކްސިޑެންޓްގައި ތިން ފިރިހެނުންނާއި އަންހެނަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން'' ފުލުހުން ވިދާޅުވިއެވެ.
އެކްސިޑެންޓްވި އެއް ސައިކަލް ދުއްވި 23 އަހަރުގެ އަންހެން މީހާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަނެއް ސައިކަލް ދުއްވި ފިރިހެން މީހާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެކެވެ.
''މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހްގީގު ކުރަމުން'' ފުލުހުން ވިދާޅުވެފަވެއެވެ.
ހުޅުމާލެ ފޭސް ދެއެއްގައި ދެ ސައިކަލް ޖެހި މިއަދު އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް ފަރުވާ ދެމުން އަންނައިރު، މިއަދު ސިނަމާލެ ބްރިޖުގެ ޓްރެފިކް ލައިޓް ކައިރީގައި ސައިކަލަކާއި ކާރެއް ޖެހިގެން އެކްސިޑެންޓެއް ހިނގި އެކްސިޑެންޓްގައި ދިވެއްސަކު ވަނީ ނިޔާވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!