ހއ. އިހަވަންދޫގައި ހިންގި "ހަށިހެޔޮ ދުޅަހެޔޮ" ޕްރޮގްރާމް ނިންމާލައިފިއެވެ.

މި ޕްރޮގްރާމަކީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި، އިހަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި އެރަށު ކުލަބް ޕޯލް ސްޓަރ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

Ad
rt

މި ޕްރޮގްރާމް ނިންމުމު ރަސްމިއްޔާތު ބާއްވާފައި ވަނީ، ޑިސެންބަރު 15 ވަނަ ދުވަހު (އިއްޔެ) އިހަވަންދޫ ސްކޫލްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީއެވެ.

މި ރަސްމިއްޔާތުގައި ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުމާއި އިނާމް ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާނު މިނިސްޓަރ އޮފް މާރިޔާ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލުގެ އިތުރުން ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދާއި ބްރިގޭޑިއަރ ޖެނެރަލް ހާމިދު ޝަފީޤާއި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އެކްޓިންގ ޑެޕިއުޓީ ކޮމާންޑަރ މޭޖަރ އަޙްމަދު ބޫލާޤެވެ.

މީގެ އިތުރުން ބައިވެރިންނަށް ހަނދާނީ ލިޔުމާއި އިނާމް ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢުއާއި، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙުސައިން ޝަމީމްގެ އިތުރުން އިހަވަންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ރަޝީދާ އެވެ.

އިހަވަންދޫގެ 45 ފަރާތަކުން މި ޕްރޮގްރާމްގައި ފުރިހަމަކުރިއެވެ. މި ޕްރޮގްރާމްގައި ކިޔަވާދެއްވާފައި ވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިންނެވެ.