ނޫސްވެރިޔާ އަހުމަދު ރިޟްވާން ޢަބުދުﷲ ވަނީ ރަހީނުކޮށް، ކަރުބުރިކޮށްލައި ކަނޑުފައްތާފައި ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރާ ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން މިއަދު ވަނީ އަޙްމަދު ރިޟްވާން ޢަބްދުاللهގެ މައްސަލައިގައި ތައްޔާރުކޮށްފައިވާ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވާފައެވެ. އެއަށް ފަހު ނޫސްވެރިންނާ ބައްދަލުކޮށް އެ ރިޕޯޓާއި ގުޅޭ މައުލޫމާތު ހިއްސާ ކުރަމުން އެ ކޮމިޝަންގެ ޗެއާ ވިދާޅުވިގޮތުގައި ރިޟްވާން ދިރިއުޅުނު ފްލެޓް ކައިރިން ރަތް ކާރަކަށް 7 އޯގަސްޓް 2014 ވަނަ ދުވަހުގެ ރޭ 1:45 ހާއިރު އޭނާ އެރުވިކަމަށް ތަހްގީގަށް އިނގުނު ކަމަށެވެ.

Ad
rt

ރިޟްވާން ގެއްލުނު ރޭ 10:00 ފެށިގެން ބަޔަކު ރިޟްވާނަށް ފާރަލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެރޭ 22:00 ހާއިރު އާޓިފިޝަލް ބީޗްގައި ހުންނަ ބްރޭކް ވޯޓާ ކެފޭއަށް ރިޟްވާން ދިޔަކަމަށާއި، އޭރުވެސް މީހަކު އޭނާ އަށް ފާރަލަމުން ދިޔަކަމަށް އެ ކޮމިޝަނުން ބުންޏެވެ. ރިޟްވާން އެތަނުގައި އިނީ އެކުވެރިންތަކަކާއެކު ކޮފީ ބޯންކަމަށާއި، 22:18 ނުވަ 22:21 ހާއިރު އިތުރު މީހަކު ރިޟްވާނަށް ފާރަލުމުގައި ބައިވެރިވިކަމަށް އެ ކޮމިޝަނުން ބުންޏެވެ.

''ރައްޓެހިންނާ އެކު ކޮފީގަ އިނދެފައި ރިޟްވާން ދިޔައީ އާޓިފިޝަލް ބީޗްގައި އޮތް ބައިބަލާ ފައިނަލް މެޗް ބަލަން، މެޗް ނިމުނީ ރިޟްވާން ދިޔައީ ހުޅުމާލެ އަށް ދިޔުމަށް ފެރީ ޓާމިނަލް، އެރޭ 1:00 ގެ ފެރީން އޭނާ ހުޅުމާލެއަށް ދިޔަ، ފެރީގަ ދަތުރު ކުރި މީހުންގެ ބަހުންނާއި ފޯނު ސިގްނަލުން އެކަން އިނގޭ'' ކޮމިޝަނުން ބުންޏެވެ.

ރިޟްވާން ފެރީން ފައިބައިގެން ހިނގާފައި އޭނާ ދިރިއުޅޭ ފްލެޓާ ހަމައަށް ދެވޭނެކަމަށް ލަފާ ކުރެވޭ ވަގުތުގެ ތެރޭގައި ކާރަކަށް އެރުވިކަން އެނގޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެރޭ 1:45 ހާއިރު، ރިޟްވާން ހުޅުމާލޭގައި ދިރިއުޅުނު ފްލެޓް ކައިރިން ދެމީހަކު ވެގެން މީހަކު ގަދަކަމުންން ރަތް ކާރަކަށް އެރުވި މަންޒަރު ފެނިފައިވާ ކަމަށާއި، އެ ކާރުގައި 3 މީހަކު ތިބި ކަމަށް ކޮމިޝަނުން ބުންޏެވެ. އަދި އެވަގުތުގައި އެ ސަރަހައްދުގައި އިތުރު ބަޔަކު ސައިކަލްގައި ހަރަކާތްތެރިވި ކަމަށް ވެސް ބުންޏެވެ.

މަރުކޮމިޝަނުން ބުނިގޮތުގައި އެއީ މާލޭގައި ދުއްވާ ކާރެކެވެ. އެ ކާރު ހުޅުމާލެ ގެންދިޔައީ އޯގަސްޓް 1 ގައި ކަމަށާއި، އެ ކާރު ގެންދިޔައީ ރިޟްވާން ކިޑްނެޕް ކުރުރުމަށްކަމަށް ބެލެވޭކަމަށް ވެސް ބުންޏެވެ.

ކާރުން ބާލައިގެން ގެންގޮސް ރިޟްވާން އެރުވީ ޑިންގީ އަކަށް ކަމަށާއި، އެއަށް ފަހު އެރުވީ ކަންނެލި ދޯންޏަކަށް ކަމަށް ވެސް އެ ކޮމިޝަނުން މިއަދު ބުންޏެވެ.

'' ދޯނީގައި ކަލިމަލައިދީ ކަރުބުރިކޮށް މަރާލާފައި އެއަށްފަހު ކަނޑުފައްތާފައިކަމަށް މީހަކު މައުލޫމާތު ދީފަވޭ،'' ކޮމިޝަނުން ބުންޏެވެ.

ކޮމިޝަނުން ބުނީ ރިޟްވާނަށް އެހެން ހެދިއިރުމ ހަރުކަށި ފިކުރު މީހުންނާއި ކުށްކުރާ ގޭންގްތަކުގެ މީހުން އެ ދޯނީގައި ތިބިކަމަށެވެ. އެއަށްފަހު އޭގެ ތެރެއިން ގިނަ މީހުން ވަނީ ރާއްޖެ ދޫކޮށް ފުރާފައި ކަމަށް ވެސް ބުންޏެވެ.

އޭގެ ތެރެއިން 6 މީހަކު ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމާގައި ބައިވެރިވުމަށް ދަތުރުކޮށްފައިވާ ކަމަށާއި، އެމީހުން ފުރީ އެކި ދުވަސް މަތިން ކަމަށް ވެސް ބުންޏެވެ.

މަރުކޮމިޝަނުން މިއަދު ބުނި ގޮތުގައި ރިޟްވާނަށް ދިން އިންޒާރުތަކަށްފަހު ފާރަލައި ވަަގަށް ނަގާފައި ވަނީ ހަރުކަށި މީހުން ދުރާލާ ރާވައިގެންކަން ތަޙްޤިޤަށް އިނގޭ ކަމަށެވެ. އަދި އެއީ އޭރު ރިޟްވާނެކޭ އެއްގޮތަށް ދީނީ އަދި އިޖުތިމާއީ ކަންކަމާއި ގުޅިގެން ސޯސަލް މީޑިއާގައި ހަރަކާތްތެރިވާ މީހުންނަށް ބިރުދެއްކުމަށް ކުރިކަމެއް ކަމަށް އިނގޭ ކަމަށް ވެސް ބުންޏެވެ.