ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މަތިއުތުރު ޕްރޮވިންސްގެ ރައީސްކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ގޮތުގައި ހުންނެވި އަކްރަމް ކަމާލުއްދީން، މއ. އެވަރލާސްޓް / މާލެ ސިޓީ އިންތިޚާބު ވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ މި އިންތިޚާބުގައި އަކުރަމް ކުރި ހޯއްދަވާފައިވަނީ 2988 ވޯޓުންނެވެ. އެއީ އިންތިހާބުގައި ވޯޓުލީ މީހުންގެ 71 އިންސައްތަ އެވެ.

Ad
rt

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލަށް ލިބިވަޑައިގެންނެވީ 850 ވޯޓެވެ. އެއީ 20 ޕަސެންޓް އެވެ. ހެރިޓޭޖު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު ހާޝިމް (ޓިންޓިން)އަށް ލިބިވަޑައިގެންނެވީ 291 ވޯޓެވެ.

މި އިންތިޚާބުގައި އަކްރަމާއި ވާދަކުރެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަޙްމަދު އާދިލް، މ. އުނިމާ / މާލެ ސިޓީ އަދި ހެރިޓޭޖް މިނިސްޓްރީގެސީނިއަރ ޕޮލިސީ ޑިރެކްޓަރގެ މަގާމުގައި ހުންނެވި އަޙްމަދު ހާޝިމް، މިސުރުމާގެ ހދ. ވައިކަރަދޫ އެވެ.

މި އިންތިޚާބުގެ ވަގުތީ ނަތީޖާ އެމްޑީޕީން އަދި ޢިއުލާނެއް ނުކުރެއެވެ.

މަތި އުތުރު ޕޮރޮވިންސް އަށް ވޯޓު ލަނީ ހއ. ހދ. އަދި ށ އަތޮޅަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރުންނެވެ. ކެނޑިޑޭޓުންގެ ތެރެއިން އެދާއިރާއަށް ވޯޓްލުމުގެ ހައްގު ލިބުނީ ހާޝިމް އަށް އެކަންޏެވެ.