ހުޅުމާލެއިން ގެއްލިގެން މިރޭ ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ، ގެއްލިގެން ހޯދަމުންދިޔަ މުޙައްމަދު ޖައިލަމް މިރޭ 19:14 އެހައިކަންހާއިރު ގެއަށް އައިސްފައިވާ ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ޖައިލަމް ގެއްލިގެން ހޯދަން އާންމުންގެ އެހީއަށް ފުލުހުން މިރޭ އެދުނީ އޭނާ ގެއްލިގެން އެ އިދާރާއަށް ރިޕޯޓު ކުރުމުންނެވެ.
މި މަހު 12 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ޖައިލަމް ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޑިސެމްބަރު 15 ވަނަ ދުވަހުގެ 10:54 އެހައިކަންހާއިރުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!