ހއ. ދިއްދޫގައި ޕޭސްޓްރީ ކޯހެއް ފަށައިފިއެވެ.

އިއްޔެ އެރަށުގައި ފެށި މި ކޯހަކީ އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ.

Ad
rt

ދިއްދޫގެ އަންހެން ބޭފުޅުންނަށް ޚާއްޞަކޮށްގެން ހިންގާ މި ކޯހަކީ 7 ދުވަހުގެ މުއްދަތަށް ހިންގާ ކޯހެކެވެ.

ދިއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ހާމަކުރައްވާފައިވާ ގޮތުގައި މި ކޯހުގައި އެރަށުގެ 30 އަންހެން ބޭފުޅުން ވަނީ ބައިވެރިވެފައެވެ.

މި ކޯސް ހިންގުމަށް ފީއެއްގެ ގޮތުގައި ކޮންމެ ބައިވެރިއެއްގެ އަތުން ނަގަނީ 500 ރުފިޔާއެވެ.