ބޮޑެތިމީހުންގެ ތަޢުލީމު ކުރިއެރުވުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީގައި ހިންގަން ނިންމާފައިވާ ފުރަތަމަ ކޯސް، ނޭޝަނަލް ސެޓްފިކެޓް 3 އިން ކޮންސްޓްރަކްޝަން ސައިޓް ސްޕަވިޝަން ކޯހުގެ އޮރިއެންޓޭޝަން ރޭ ބާއްވައިފިއެވެ.

މި ކޯހަކީ، ކުޅުދުއްފުށި ސިޓީ ކައުންސިލާއި، އައިލެންޑް އިންސްޓިޓިއުޓް އޮފް ޓާޝިއަރީ އެޑިއުކޭޝަން ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ.

Ad
rt

ސިޓީ ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި، މި ކޯހުގައި 38 ޒުވާނުން ވަނީ ބައިވެރިވެފައެވެ.

މި ކޯހަކީ މީރީ ޕްރޮޖެކްޓުގެ ދަށުން ސްޕޮންސަރ ކޮށްގެން ހިންގޭ ކޯހެއް ކަމަށް ވެސް ސިޓީ ކައުންސިލުން ވިދާޅުވެފަވެއެވެ.

މި ކޯހާއި ގުޅިގެން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވީ، ކުޅުދުއްފުށި ސިޓީގެ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަކީ ސިޓީ ކައުންސިލްގެ 5 އަހަރުގެ ތަރައްޤީގެ ތަސައްވަރުގައި އަމާޒުހިފާފައިވާ މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.

''ޒުވާނުންނަކީ އުފެއްދުންތެރި މަސައްކަތުގެ ތައުލީމާއި ތަޖުރިބާ ހުރި ބަޔަކަށް ހެދުމަކީ ރައްޔިތުންގެ ފުދުންތެރިކަން އިތުވެ ރަށުގެ އިޤްތިސާދީ ހާލަތު ރަނގަޅުވާނެ ކަމެއްކަމުގައި އުންމީދުކުރަން'' މޭޔަރު ވިދާޅުވެފަވެއެވެ.