ދިރުވާލައިގެން މަސްތުވާތެކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވެއްޖެއެވެ.
އެމީހާއަކީ ލެޓްވިއާ އަށް ނިސްބަތްވާ މީހެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިންނެވެ.
ފުލުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، އެ އިދާރާގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިމިގްރޭޝަނާއި ކަސްޓަމްސްގެ އެހީތެރިކަމާ އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އުމުުރުން 46 އަހަރުގެ ލެޓްވިއާ ފިރިހެނެއް ކަމަށެވެ.
''އޭނާ ދިރުވައިލައިގެން ގެނެސްފައިވާ މަސްތުވާތަކެތި ނެގުމުގެ މަސައްކަތް ދަނީ ކުރަމުން'' ފުލުހުން ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!