ދިއްދޫގައި 7000 ގަސް އިންދުމުގެ ބޮޑު ހަރަކާތަށް ބައެއް ރަށްތަކުން ގަސް ހަދިޔާކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން، ހއ. ދިއްދޫގައި ހިންގާ ބޮޑު ގަސް އިންދުމުގެ ހަރަކާތަށް އެކި ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ތަކުން ގަސް ހަދިޔާކޮށްފިއެވެ. ދިއްދޫ ‘ކުރިމަގު ޖަމިއްޔާ’ އިން އިސްނަގައިގެން ކުރިއަށްގެންދާ މި ހަރަކާތަކީ މިއަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން ޖުލައި 26 ވަނަ ދުވަހު އެރަށުގައި 7،000 ގަސް އިންދުމަށް ހިންގާ ބ...