ހުޅުމާލޭ ފޭސް 1 ގައި ހުންނަ މަސްޖިދުލް އަޒީޒާ މޫސާ (އަޒީޒާ މިސްކިތް) މިސްކިތަށް ގެއްލުންދިންކަމަށް ތުހުމަތުކުރެވޭ މީހާ ވަނީ ދެނެގަނެވިފައިކަމަށް ފުލުހުން ބުނެފިއެވެ.
މި މިސްކިތަށް ގެއްލުންދީފައިވާކަމުގެ ރިޕޯޓް ލިބިފައިވާކަމަށް ފުލުހުން ވަނީ އިއްޔެ ބުނެފަވެއެވެ.
ފުލުހުން ބުނީ އިއްޔެ އެ އިދާރާ އަށް ހުށަހެޅުނު، ހުޅުމާލޭގައި ހުންނަ އަޒީޒާ މޫސާ މިސްކިތަށް ގެއްލުން ދިން މައްސަލައެއް ދަނީ ތަހުގީގު ކުރަމުންނެވެ.
ހުޅުމާލެ މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފި
''މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް ވަނީ ދެނެގަނެވިފައި، އަދި އެ ފަރާތުގެ ހާލަތަށް ރިއާޔަތްކޮށް، ކަމާބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ދަނީ ކުރަމުން.'' ފުލުހުން ބުންޏެވެ.
މިކަން ހިނގައިގެން ލުހުންނަށް ރިޕޯޓްކޮށްފައިވަނީ 20 ޖުލައި 2026 ވާ އާދިއްތަ ދުވަހުގެ ފަތިހު 3:47 އެހައިކަންހާއިރުއެވެ.
އަޒީޒާ މިސްކިތަށް ގެއްލުންދީފައިވާ މަންޒަރު ފެންނަ އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، މިސްކިތަށް ވަންނަން ހުންނަ މައި ދޮރުގެ ދެ ހިސާބަކުން ބިއްލޫރިގަނޑު ވަނީ ތަޅާލައި ގެއްލުންދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!