Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,646 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

އައްޑޫގެ ޖަމިއްޔާ އަކުން ކުޅުދުއްފުށީގައި ދެމެހެއްޓެނިވި ތަރައްގީއާ ގުޅޭ ވޯކްޝޮޕްއެއް
Thiladhunmathi News

އައްޑޫގެ ޖަމިއްޔާ އަކުން ކުޅުދުއްފުށީގައި ދެމެހެއްޓެނިވި ތަރައްގީއާ ގުޅޭ ވޯކްޝޮޕްއެއް

އައްޑޫ ސިޓީއަށް ނިސްބަތްވާ ޒުވާނުންގެ ޖަމިއްޔާއެއް ކަމަށްވާ “ޕްރޮޖެކްޓް ތިމާވެށި” އިން އިސްނަގައިގެން، ކުޅުދުއްފުށި ސިޓީގައި ދެމެހެއްޓެނިވި ތަރައްގީއަށް އަމާޒުކޮށްގެން “ސަތުހައްޓި” ނަމުގައި ޚާއްސަ ވޯކްޝޮޕްއެއް ކުރިއަށް ގެންގޮސްފިއެވެ. މި ވޯކްޝޮޕް ކުރިއަށް ގޮސްފައިވަނީ މި ޖުލައި މަހުގެ 17 އިން 19 ގެ ނިޔަލަށެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި ތިން ދުވަހުގެ ވޯކްޝޮޕަކީ ދިވެހި ޒުވާނުންގެ މެދުގައި ސަސްޓެއިނަބިލިޓީ ނުވަތަ ދެމެހެއްޓެނިވި ތަރައްގީއާއި، މޫސުމީ ބަދަލުތަކުގެ އިތުރުން ލޯކަލް...

''ސްޕޭންގެ ކާމިޔާބީ މުޅި ރާއްޖޭގައި އުފަލާއެކު ފާހަގަކުރޭ''، ރައީސް މުޢިއްޒުގެ ތަހުނިޔާ
Raajje

''ސްޕޭންގެ ކާމިޔާބީ މުޅި ރާއްޖޭގައި އުފަލާއެކު ފާހަގަކުރޭ''، ރައީސް މުޢިއްޒުގެ ތަހުނިޔާ

ފީފާ ވަރލްޑް ކަޕް 2026 ގެ ތަށި ސްޕެއިންގެ ޤައުމީ ފުޓުބޯޅަ ޓީމުން ކާމިޔާބުކުރުމާ ގުޅިގެން، އެ ޤައުމުގެ ވެރިންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ. މި ކާމިޔާބީ ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސްޕެއިންގެ ރަސްގެފާނު ހިޒް މެޖަސްޓީ ފެލީޕޭ 6 ވަނައަށާއި، ސްޕެއިންގެ ބޮޑުވަޒީރު ހިޒް އެކްސެލަންސީ ޕޭދްރޯ ސަންޗެޘް ޕެރޭޘް-ކަސްތޭޚޯނަށް ވަކިވަކިން ތަހުނިޔާގެ މެސެޖު ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސްޕެއިންގެ ޓީމުން ހޯދި މި ބޮޑު ކާމިޔާބީއަކީ އެ ޓީމުގެ ކުޅުންތ...

ށ.ފޭދޫ އަންހެނުންގެ ކޮމެޓީގެ ކަސްރަތު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި
Thiladhunmathi News

ށ.ފޭދޫ އަންހެނުންގެ ކޮމެޓީގެ ކަސްރަތު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

ށ. ފޭދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން އެރަށުގެ އަންހެނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ކަސްރަތު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ ރަށުގެ އަންހެނުންގެ ދުޅަހެޔޮކަން އިތުރުކުރުމާއި، ދިރިއުޅުމުގެ އާދަކާދަތައް ދުޅަހެޔޮ ގޮތެއްގައި ބައްޓަންކުރުމަށް އެހީތެރިވުމުގެ މަޤްޞަދުގައި ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިންނަށް ތަފާތު އެކި ކަސ...

ރައީސް މުޢިއްޒު އިނގިރޭސި އައު ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި
International

ރައީސް މުޢިއްޒު އިނގިރޭސި އައު ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

ޔުނައިޓެޑް ކިންގްޑަމް އޮފް ގްރޭޓް ބްރިޓަން އެންޑް ނޮދަރން އަޔަރލެންޑް (އިނގިރޭސިވިލާތު) ގެ ބޮޑުވަޒީރުކަމުގެ މަޤާމާ އަލަށް ހަވާލުވެވަޑައިގެންނެވި، އެންޑްރޫ ބަރނަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ. ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު އެންޑްރޫ ބަރނަމާ މަތިކުރެވުނު އައު މަސްއޫލިއްޔަތުތައް އަދާކުރުމުގައި ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅ...

ގަވާއިދާ ހިލާފަށް ކުނި އުކުމާއި ފަރަށް އަރާ އުޅަނދުތަކާ މެދު އަމަލުކުރާނެ އުސޫލުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި
Thiladhunmathi News

ގަވާއިދާ ހިލާފަށް ކުނި އުކުމާއި ފަރަށް އަރާ އުޅަނދުތަކާ މެދު އަމަލުކުރާނެ އުސޫލުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

ގަވާއިދާ ހިލާފަށް ކުނި އުކުމާއި، ވެއްޔާއި އަކިރި ނެގުމުގެ އިތުރުން، ފަރަށް އަރާ އުޅަނދުފަހަރާ މެދު އަމަލުކުރާނެ އުސޫލުތަކާ ގުޅޭގޮތުން އެންވަޔަރަންމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އާއި ކުޅުދުއްފުށީ ސިޓީ ޕޮލިހުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ޕޮލިހުން މީސް މީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ގާނޫނުތައް ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި އެކަން...

ހުޅުމާލެ މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފި
Raajje

ހުޅުމާލެ މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފި

ހުޅުމާލޭގައި ހުންނަ މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި، އެ މިސްކިތަށް ގެއްލުން ދީފިއެވެ. އެނގިފައިވާގޮތުގައި ގެއްލުންދީފައި ވަނީ ހުޅުމާލޭ ފޭސް 1 ގައި ހުންނަ މަސްޖިދުލް އަޒީޒާ މޫސާ (އަޒީޒާ މިސްކިތް) އަށެވެ. ފުލުހުން މިއަދު މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި، ހުޅުމާލޭގެ މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 20 ޖުލައި 2026 ވާ އާދިއްތަ ދުވަހުގެ ފަތިހު 3:47 އެހައިކަންހާއިރުއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު...

Thiladhunmathi News

''ބަހުރު'' ދޯނިން ކަނޑަށް ފުއްމާލި މީހަކު ހޮނޑާފުށީ ގޮނޑުދޮށުގައި ލައްގާފައިއޮއްވާ ފެނިއްޖެ

ހދ. ހޮނޑާފުށީ ރިސޯޓް ކައިރީ އެންދަމަން އޮތް ދޯންޏަކުން ކަނޑަށް ފުއްމާލި މީހަކު އެރަށު ގޮނޑުދޮށުގައި ލައްގާފައިއޮއްވާ ފެނިއްޖެއެވެ. އެމްއެންޑީއެފުން ބުނީ  ހޮނޑާފުށީގެ ދެކުނު ފަރާތުގައި އެންވެރިކަން ކުރަން އޮތް “ބަހުރު” ނަމަކަށް ކިޔާ މަސްދޯންޏަކުން މީހަކު ގެއްލިގެން، އެމްއެންޑީއެފަށް ރިޕޯޓުކޮށްފައި ވަނީ  މިއަދު ފަތިހު 04:05 ހާއިރުއެވެ. ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެ މީހާ ހޯދުމުގެ މަސައްކަތް ފެށިކަމަށް އެ އިދާރާއިން ބުންޏެވެ. ގެއްލު...

42 ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް އިންޑިއާއާއެކު އެއްބަސްވުމެއް
Raajje

42 ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް އިންޑިއާއާއެކު އެއްބަސްވުމެއް

ރާއްޖޭގެ 42 ރަށެއްގައި ގާއިމުކުރާ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމަށްޓަކައި، އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާ “ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް” (އެޗް.އައި.ސީ.ޑީ.ޕީ) ގެ ދަށުން ރާއްޖެއާއި އިންޑިއާއާ ދެމެދު އިއްޔެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. ޚާރިޖީ ވުޒާރާގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ...

ތިލަފުށި ގޮނޑުގައި އަލިފާން ރޯވެއްޖެ
Raajje

ތިލަފުށި ގޮނޑުގައި އަލިފާން ރޯވެއްޖެ

ތިލަފުށީގައި ކުނި މެނޭޖުކުރާ ސަރަހައްދު ނުވަތަ ގޮނޑުގައި އަލިފާނުގެ ހާދިސާއެއް މިރޭ ހިނގައިފިއެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިން ގޮތުގައި، ތިލަފުށި ގޮނޑުގައި އަލިފާން ރޯވެފައިވާ ކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ 2026 ޖުލައި 19 ވާ އާދީއްތަ ދުވަހުގެ ރޭ 21:30 އެހައިކަންހާއިރުއެވެ. މި ހާދިސާއާ ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން ދަނީ ވަގުތުން ހަރަކާތްތެރިވަމުންނެވެ. މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވި ކަމުގެ...

ހުޅުމާލޭގައި ހިނގި މާރާމާރީއަކާ ގުޅިގެން 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި
Raajje

ހުޅުމާލޭގައި ހިނގި މާރާމާރީއަކާ ގުޅިގެން 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިނގި މާރާމާރީއަކާ ގުޅިގެން 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި، ހުޅުމާލެ ފޭސް 2 ގެ ހިޔާ ޕާކު ސަރަހައްދުގައި ބައެއްގެ މެދުގައި މާރާމާރީއެއް ހިންގަމުންދާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 ޖުލައި 19 ވަނަ ދުވަހުގެ ރޭ 20:40 އެހައިކަންހާއިރުއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެކެވެ. ފުލުހުން ބުނި ގޮތުގައި މި […]

ވޯލްޑް ކަޕްގެ އުފާފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރުމަށް އިލްތިމާސެއް
Sports

ވޯލްޑް ކަޕްގެ އުފާފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރުމަށް އިލްތިމާސެއް

ވޯލްޑް ކަޕް 2026ގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ ފޯރިގަދަ ފައިނަލް މެޗާ ގުޅިގެން، އުފާފާޅުކުރުމުގައި އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމްކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެޗުގެ ފޯރީގައި ސަޕޯޓަރުން ބައިވެރިވާއިރު، މުޖުތަމައުގެ އަމާންކަން ގެއްލިދާނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. ޚާއްޞަކޮށް ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތު...

ނައިވާދޫ ކައުންސިލްގެ މިނިވަން ވޮލީ މުބާރާތް ފަށައިފި
Thiladhunmathi News

ނައިވާދޫ ކައުންސިލްގެ މިނިވަން ވޮލީ މުބާރާތް ފަށައިފި

ހދ. ނައިވާދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ތިންވަނަ މިނިވަން ވޮލީބޯޅަ މުބާރާތް ފަށައިފިއެވެ. ނައިވާދޫ ކައުންސިލުން މި މުބާރާތް ކުރިއަށް ގެންދަނީ އަންހެން އަދި ފިރިހެން ޑިވިޒަނަށް ހުޅުވާލައިގެންނެވެ. މި މުބާރާތުގެ ފިރިހެން ޑިވިޒަންގައި ހަތަރު ޓީމު ވާދަކުރެއެވެ. އެއީ ސީ ވިއު، ގިޒަމްބޯ، ޓޮއްޓޮލާ އަދި ދަންފުޅިއެވެ. އަންހެން ޑިވިޒަންގައި ކަނބުރު ޖޭއާރު، ކަނބުރު، ވަން ޓަޗް، ރަންރިހި އަދި ރަބްޔީ ހިމެނޭހެން ފަސް ޓީމު ވާދަކުރެއެވެ. މި މުބާރާތުގެ ދެ […]

ޓެކްސް ކޮމިޝަނަރުކަމަށް އަމީޒާ އައްޔަންކޮށްފި
Raajje

ޓެކްސް ކޮމިޝަނަރުކަމަށް އަމީޒާ އައްޔަންކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ގދ. ގައްދޫ، ކޯޒީރައުންޑް، ފާޠިމަތު އަމީޒާ، މިއަދު އައްޔަންކުރައްވައިފިއެވެ. މި މަޤާމަށް އަމީޒާ އައްޔަންކުރައްވާފައިވަނީ 16 ޖުލައި 2026 ވީ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އަމީޒާއަކީ މީރާގައި 16 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. މި މަޤާމަށް އައްޔަންކުރެއްވުމުގެ...

ނޮޅިވަރަންފަރު ކައުންސިލް ކަޕް 2026 ފަށައިފި
Thiladhunmathi News

ނޮޅިވަރަންފަރު ކައުންސިލް ކަޕް 2026 ފަށައިފި

ހދ. ނޮޅިވަރަންފަރު ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށް ގެންދާ ”ކައުންސިލް ކަޕް 2026” ފުޓްސަލް މުބާރާތާއި، ހޭންޑް ބޯލް މުބާރާތް ފަށައިފިއެވެ. ނޮޅިވަރަންފަރު ‘ކައުންސިލް ކަޕް 2026’ ފުޓްސަލް މުބާރާތުގައި ވާދަކުރަނީ ފިނޭ ފުޓްބޯޅަ ޓީމާއި، ޓެލެންޓް އެފްސީ، ޔޫ41، ޔުނައިޓެޑް ފަރު، އޯސަން ޖޭއާރު، ނޭކުރެންދޫ އާރްސީ، ހައިވް އެފްސީ ޖޭއާރު، ފްރެންޑްސް އެސްސީ، ކްލަބް ވީސީ، ފުރިއާ އެފްސީ އަދި ވީކޭޕީއެވެ. ހޭންޑް ބޯލް މުބާރާތުގައި ވާދަކުރަނީ އޯސަން ޖޭއާރު، ނޭކުރެންދޫ އާރްސީ، ވީކޭޕީ، އޯސަން […]

ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރަން 3 މަސް ދުވަހުގެ މުހުލަތެއް
Raajje

ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރަން 3 މަސް ދުވަހުގެ މުހުލަތެއް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް މަދުކުރަން ކުންފުނިތަކަށް އަންގާފައިވާ އެންގުން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ތަންފީޒު ކުރުމަށް ޕްރައިވެޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެ ކުންފުނިތަކަށް އަންގައިފިއެވެ. ޕީސީބީން އެންމެ ފަހުން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރުމަށް މީގެ ކުރިން ދީފައިވާ އިރުޝާދާ އެއްގޮތަށް، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމަން ޖެހޭނެ ކަމަށެވެ. މިއީ ސަ...