ސަރުކާރުން ދޭ "މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2023" ރޭ ދީފިއެވެ.
މި އެ ވޯޑަކީ ރާއްޖޭގައި ބޭއްވޭ ކުޅިވަރުގެ ދާއިރާގެ އެންމެ ބޮޑު އެވޯޑް ޙަފްލާއެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިންތިޒާމުކޮށްގެން ބޭއްވި، މި އެ ވޯޑުގެ އެންމެ ޝަރަފުވެރި އެވޯޑްތައް ލިބުނު ފަރާތްތަކަށް އެ ވޯޑުތައް ހަވާލުކޮށް ދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ.
މިގޮތުން ރޭ މާލޭ ކުޅިވަރު އެކުވެނި ސިންތެޓިލް ޓްރެކްގައި ބޭއްވި މިއެވޯޑް ޙަފްލާގައި، "ލައިފްޓައިމް އެޗީވްމެންޓް އެވޯޑް" ލިބިލެއްވި، 5 ބޭފުޅުންގެ އެވޯޑާއި، "ސްޕޯޓްސް އައިކަން އެވޯޑް" ލިބިލެއްވި 8 ބޭފުޅުންނަށާއި، "ސްޕެޝަލް ރިކޮގްނިޝަން އެވޯޑް" ލިބިލެއްވި، 16 ބޭފުޅުންނަށް، އަދި ސްޕޯޓްސްމަން އޮފް ދަ އިއަރ އެވޯޑާއި ސްޕޯޓްސް ވުމަން އޮފް ދަ އިއަރގެ އެވޯޑް ޙަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
މިއަހަރު ލައިފް ޓައިމް އެޗީވްމެންޓް އެވޯޑު ދެއްވާފައި ވަނީ، އަލްމަރްޙޫމް ސަމަރު ބުލޫ އިބްރާހީމް މަނިކަށާއި، އަލްމަރްޙޫމް އަޙްމަދު ރިޒާ(ތަރަބޫޒް ރިޒާ) އަށާއި، އަލްމަރްހޫމް އަޙްމަދު މަނިކު (ލޯޖެހި އަޙުމަދު މަނިކު)އަށާއި، އަލްފާޟިލް އަޙުމަދު ވަޙީދު (ކްއީން ވަޙީދު) އަށާއި، އަލްފާޟިލް މައްލާ ޅަތުއްތު އަށެވެ.
މީގެ އިތުރުން ނައިޖީރިއާގެ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް ސަންޑޭ އަކިން ޑާރޭއަށް ސްޕެޝަލް ރެކޮގްނިޝަން އެވޯޑު ޙަވާލުކޮށްދެއްވީވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
އަހަރުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ލިބުނީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ، ފާތިމަތު ދީމާ އަލީ އަށެވެ. އަހަރުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު ލިބުނީ ބޮޑީބިލްޑަރު، އަޒްނީން ރަޝާދު އަށެވެ.
"މޯލްޑިވްސް ސްޕޯޓްސް އެވޯޑް" ތަޢާރަފްކޮށް ފުރަތަމަ އެވޯޑް ޙަފްލާ ބާއްވާފައި ވަނީ މިދިޔަ އަހަރުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!