މާލޭގެ ގެއެއްގެ 5 ވަނަ ފަންގިފިލާއިން ވެއްޓުނު ކުއްޖަކު ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
އެ ކުއްޖާ ވެއްޓިފައި ވަނީ މާލޭގެ ހެންވޭރުގައި ހުންނަ ގެއެއްގެ 5 ވަނަ ފަންގިފިލާއިންނެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެއީ 4 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އަދި އެ ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ރޭ 12:30 ހާއިރު ލިބިފައިވާ ކަމަށެވެ.
‘’އޭޑީކޭ ހޮސްޕިޓަލްގައި ކުއްޖާއަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ’’ ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި އެ އިދާރާއިން ގެންދަވަނީ މި މައްސަލަ ތަހްގީގު ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!