ގުޅީ ކައުންސިލްގެ ރައީސް މޫސާ ސާފިލް އެމްޑީީޕީއަށް
ކ. ގުޅީ ކައުންސިލްގެ ރައީސް މޫސާ ސާފިލް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކުރައްވައިފި އެވެ. އޭނާ އެމްޑީޕީއަށް ސޮއިކުރައްވާފައިވާކަން އެ ޕާޓީން މިއަދު ވަނީ ހާމަކޮށްފައެވެ. މުސާ ސާފިލް އެމްޑީޕީއަށް ސޮއިކުރައްވާ ފޯމް އެ ޕާޓީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއީލް އާއި ހަވާލުކުރައްވާފައިވާއިރު، އޭނާ ސޮއިކުރެއްވި ރަސްމިއްޔާތުގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ގުޅީ ކައުންސިލްގެ ރައީސް މޫސާ ސާފިލް އަކީ މިނިވަން ކެންޑިޑޭޓެއ...