މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމަށް ތާއީދު ކުރުމުގެ ގޮތުން މިއަދު ސައިކަލް ބުރެއް ބާއްވައިފިއެވެ.

މި ސައިކަލް ބުރަކީ ނާޒިމަށް ތާއީދު އޮތްކަން އަންގައިދިނުމަށް ޒުވާނުންތަކެއް ބޭއްވި ސައިކަލް ބުރެކެވެ.

Ad
rt

ވެރިރަށް މާލޭގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ މި ސައިކަލް ބުރުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވިކަމަށް އެމްއެންޕީން ބުނެއެވެ.

މި ސައިކަލް ބުރުގައި ޒުވާނުން ތިބީ އެމްއެންޕީގެ ދިދަ ހިފައިގެންނެވެ. އަދި ނާޒިމަށް ތާއީދުކޮށް މެސެޖުތައް ދީފަވެއެވެ.

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ނާޒިމަށް ތާއީދުކޮށް ޒުވާނުންގެ ސައިކަލް ބުރެއް ބޭއްވިއިރު، އެ ޕާޓީން އަންނަނީ ޒުވާނުންނާ ވަރަށް ގާތުން މަސައްކަތް ކުރަމުންނެވެ.

މިގޮތުން އެ ޕާޓީގެ ޔޫތު ވިންގުން އަންނަނީ ޒުވާނުންނަށް ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. މީގެ ތެރޭގައި ޕާޓީގެ ރައީސް ނާޒިމާއެކު ކޮފީއާއި ޒުވާނުންގެ ސައްލާ ބޭއްވުމުގެ އިތުރުން އެކި ކުޅިވަރު ހަރަކާތްތައް އަންނަނީ ރާވާ ހިންގަމުންނެވެ.