ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދަށް ސިޔާސީގޮތުން ކުރިމަތިވެވަޑައިގެން ކަންކަމަކީ އަމިއްލަ އެދުމާހުރެ ކުރިމަތިވެވަޑައިގަތްކަންކަން ކަމަށް ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ.

ރާޝިދު މިހެން ވިދާޅުވީ، ‘’ހަސަން ކުރުސީ’’ ނަމުގައި ޓްވީޓާގައި ހަރަކާތްތެރިވާ މީހަކު ކުރި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.

Ad
rt

’’ހަސަން ކުރުސީ’’ އަކީ ރައީސް ނަޝީދު ކަމަށް ނުވަތަ ރައީސް ނަޝީދާއި ގާތްގުޅުމެއް އޮންނަ މީހެއްކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

އައްޑޫމީދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ އަންހެނުންގެ ލީގުގެ ރައީސާ ރޮޒައިނާ އާދަމް އަށް ނިސްބަތްކޮށް ’ހަސަން ކުރުސީ’ ދެއްކި ވާހަކައަކަށް ރައްދު ދެއްވަމުން ރައީސް ނަޝީދަށް ނިސްބަތްކުރައްވާ ރާޝިދު ވިދާޅުވީ، އެންމެ ބޮޑު ޕާޓީގެ ރައީސްކަން 18 އަހަރު ކުރިއިރު ވެރިކަން ކޮށްލަން ތިން އަހަރު ވެސް ނޭނގުނު ކަމަށެވެ.

’’ނުވިތާކަށް މިއަދު ޕާޓީ ވެސް ގެއްލެނީ، ހައްތަހާ ވެސް މީ އަމިއްލަ އެދުމާހެދި ވާގޮތްގޮތް،’’ ރާޝިދު ވިދާޅުވެފަވެއެވެ.

ރާޝިދު އިތުރައް ވިދާޅުވެފައި ވަނީ ‘’ވެރިކަން ނުލިބި ބޮޑުކަން ނުލިބުމަކީ އެހެން މީހުންގެ ބޮލުގައި އިލްޒާމް އަޅުވަންޖެހޭ ސަބަބެއްނޫން’’ ކަމަށެވެ.