ފިޔަވަތީގައި ތިބޭ ކުޑަކުދިންނާއި އެ ކުދިން ބަލަހައްޓާ މީހުންނަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ދެ ކަނބަލުން މިއަދު ރޯދަވީއްލުމެއް ދެއްވައިފިއެވެ.

އެ ކުދީންނަށް ޚާއްޞަ ކުޅިވަރުގެ ހަރަކާތްތަކަކާއެކު ބޭއްވި މި ރޯދަވީއްލުން ބާއްވަވާފައި ވަނީ މިއަދު މުލީއާގޭގައެވެ.

Ad
rt

ރައީސްގެ ދެ ކަނބަލުން ވަނީ މިކުދިންނާއެކު ވަގުތު ހޭދަކޮށްލައްވައި، އެ ކުދިންނާއެކު ބައެއް ކުޅިވަރުތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ރޯދަވީއްލުމުގައި، ފިޔަވަތީގައި ތިބޭ ކުޑަކުދިންނާއި އެކުދިން ބަލަހައްޓާ ފަރާތްތަކުގެ އިތުރުން މިނިސްޓަރ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް، ޢާއިޝަތު މުޙައްމަދުދީދީއާއި ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝިހާބު ބައިވެރިވެވަޑައިގަތެވެ.

މީގެ އިތުރުން ޖެންޑާ މިނިސްޓްރީގެ ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސަސްގައި ހަރަކާތްތެރިވާ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.