މައި ޚަބަރަށް ދިޔުމަށް

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,958 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ވޯޓުލާ ވަގުތު އިތުރު ކުރީ މަޝްވަރާ ނުކޮށް، ސަރުކާރުން ވޯޓަށް ނުފޫޒު ފޯރުވަންވެގެން: ޕީޕީއެމް
Raajje

ވޯޓުލާ ވަގުތު އިތުރު ކުރީ މަޝްވަރާ ނުކޮށް، ސަރުކާރުން ވޯޓަށް ނުފޫޒު ފޯރުވަންވެގެން: ޕީޕީއެމް

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިސްގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލާ ވަގުތު އިތުރުކުރީ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި މަޝްވަރާނުކޮށް، ސަރުކާރުން ވޯޓަށް ނުފޫޒު ފޯރުވަންވެގެން ކަމަށް އެ ޕާޓީން ބުނެފިއެވެ. އެ އިންތިޚާބުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 އެވެ. އަދި ނިންމާ ގަޑިއަކަށް ހަމަޖައްސާފައި އޮތީ ހަވީރު 16:00 އެވެ. ނަމަވެސް ވޯޓްލުން ކުރިއަށް ގެންދަން ކުރިން ހަމަޖެއްސި ވަގުތުގެ ތެރޭގައި މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ހަވީރު […]

''ދިރިއުޅުމުގައި ދިމާވާ ކޮންމެ ޙާލަތަކަށްވެސް ރުހެންޖެހޭ''
Raajje

''ދިރިއުޅުމުގައި ދިމާވާ ކޮންމެ ޙާލަތަކަށްވެސް ރުހެންޖެހޭ''

ދިރިއުޅުމުގައި ދިމާވާ ކޮންމެ ޙާލަތަކަށްވެސް ރުހެންޖެހޭކަމަށް އައްޝައިޚް ނަސްރުﷲ ޢަލީ ވިދާޅުވެއްޖެވެ. މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގެ އިމާމްގެ ގޮތުގައި ހުންނެވި، ޝައިޚް ނަސްރުﷲ މިހެން ވިދާޅުވީ 1444 ވަނަ އަހަރު އަތޮޅުތަކަށް ޚާއްސަކޮށްގެން ބޭއްވި އެންމެ ފަހު އިޙްޔާ ފޯރަމްގައި، ފުވައްމުލައް ސިޓީގައި ތަޤްރީރުކުރައްވަމުންނެވެ. ފުވައްމުލައް ސިޓީގައި ބޭއްވި އިޙްޔާ ފޯރަމްގެ މައުޟޫއަކީ ”ﷲގެ ނިޔާއަށް ރުހުން” އެވެ. މި މައުޟޫޢަށް މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް ނަސްރުﷲ ވި...

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން: 1097 މީހުން ވޯޓުލައިފި
Raajje

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން: 1097 މީހުން ވޯޓުލައިފި

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސްގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި މެންދު 12:00 އާއި ހަމައަށް 1،097 މީހުން ވޯޓުލައިފި އެވެ. އިލެކްޝަން ކޮމިޝަން (އީސީ) ވިދާޅުވި ގޮތުގައި މެންދުރު 12:00 އާއި ހަމައަށް 1،097 މީހުން ވަނީ ވޯޓު ލާފައެވެ. އެއީ މި އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ 32.05 އިންސައްތަ މީހުންނެވެ. މެންދުރު 12:00 އާއި ހަމައަށް ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 566 ފިރިހެނުންނާއި 531 އަންހެނުންނެވެ. މި އިންތިހާބުގައި ޖުމްލަ […]

ވީއައިއޭގައި އޮތް ވެހިކަލެއްގައި ރޯވެއްޖެ
Raajje

ވީއައިއޭގައި އޮތް ވެހިކަލެއްގައި ރޯވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އޮތް ވެހިކަލެއްގައި ރޯވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވީ އެއާޕޯޓު މަސައްކަތު ސައިޓެއްގައި އޮތް ވެހިކަލެއްގައެވެ. އެއީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢު ހިންގާ ޗައިނާގެ ބީޔޫސީޖީގެ އުޅަނދެއް ކަމަށް މައުލޫމާތު ލިބެއެވެ. އެއާޕޯޓުގެ ފަޔާ އެންޑް ރެސްކިއު ސާވިސާސް މިހާރު ވަނީ އެ ވެހިކަލްގައި ރޯވި އަލިފާން ނިއްވާލާފައިކަމަށް ވެސް މައުލޫމާތު ލިބިފަވެއެވެ. މި ހާދިސާއާއި ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަނެއް އެކަމުގެ އެއްވެސް އަސަރެއް ފޯރާފައ...

އަތޮޅު އިޙްޔާ ފޯރަމްތަކުގެ 1 ވަނަ ހޯރަފުއްޓަށް
Thiladhunmathi News

އަތޮޅު އިޙްޔާ ފޯރަމްތަކުގެ 1 ވަނަ ހޯރަފުއްޓަށް

އިސްލާމިކް މިނިސްޓްރީން އަތޮޅުތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ އަތޮޅު އިޙްޔާ ފޯރަމްތަކުގެ 1 ވަނަ ހއ. ހޯރަފުއްޓަށް ލިބިއްޖެއެވެ. 1444 ވަނަ އަހަރު ރަމަޟާންމަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ އިޙްޔާ ފޯރަމްގެ ތެރެއިން އަތޮޅު އިޙްޔާ ފޯރަމްތަކުގެ 1 ވަނަ އިނާމް ހއ. ހޯރަފުއްޓަށް ލިބުނުކަން އިއުލާން ކުރީ ހުކުރު ދުވަހުގެ ރޭ ފުވައްމުލައް ސިޓީގައި ބޭއްވި އަތޮޅު އިޙްޔާ ފޯރަމްގައެވެ. އިޙްޔާ ފޯރަމް ބޭއްްވި ހުރިހާ އަތޮޅެއްގެ ގުރުއަތުނެގުން އޮތީ […]

ދިވެހި ބަހަށް އިސްކަންދޭކަން ޢަމަލާއި ބަހުން ދައްކައިދިނުމަށް އެދި އިލްތިމާސެއް
Raajje

ދިވެހި ބަހަށް އިސްކަންދޭކަން ޢަމަލާއި ބަހުން ދައްކައިދިނުމަށް އެދި އިލްތިމާސެއް

ދިވެހި ބަހަށް އިސްކަންދޭ ކަން ޤާނޫނުގައި ލިޔެފައި އޮތުމުގެ އިތުރުން އެކަން ޢަމަލާއި ބަހުން ދައްކައި ދިނުމަށް އެދި ދިވެހި ބަހުގެ އެކަޑަމީން އިލްތިމާސް ކުރައްވައިފިއެވެ. މިއަދު ފާހަގަކުރާ ދިވެހި ބަހުގެ ދުވަހާއި ގުޅިގެން އެ އެކަޑަމީން އާންމުކުރެއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ، މިފަދަ ދުވަހެއް ދިވެހިރާއްޖޭގައި ފާހަގަ ކުރާއިރު ދިވެހި ބަހުގެ އެކަޑަމީގެ އިލްތިމާސެއް އެބައޮތް ކަމަށެވެ. މިގޮތުން މި ޤައުމުގައި ދިވެހި ބަހަށް އިސްކަންދޭން ޖެހޭކަމަށް ޤާނޫނުގެ ކަރުދާހުގައި ލިޔެފައި އޮތުމުގެ އިތުރުން ދިވެހ...

''އާއްމު މަޖިލީހުގެ ރައީސްކަމުގައި ހުންނަވައިގެން ދިވެހި ބަހުން ތަގްރީރު ކުރެއްވުމަކީ ލިބުނު އެންމެ ބޮޑު އެއް ޝަރަފު''
Raajje

''އާއްމު މަޖިލީހުގެ ރައީސްކަމުގައި ހުންނަވައިގެން ދިވެހި ބަހުން ތަގްރީރު ކުރެއްވުމަކީ ލިބުނު އެންމެ ބޮޑު އެއް ޝަރަފު''

އެކުވެރި ދައުލަތްތައް (އދ.)ގެ ޢާއްމު މަޖިލީހުގެ ރައީސްކަމުގައި ހުންނަވައިގެން އެ މަޖިލީހުގައި ދިވެހި ބަހުން މުޚާތަބުކުރުމަކީ ލިބުނު އެންމެ ބޮޑު އެއް ޝަރަފާއި، އުފާ ކަމުގައި ރާއްޖޭގެ ހާރިޖީ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކަށް ޝާހިދު އިންތިޚާބުވެ ވަޑައިގަތީ 2022 ވަނަ އަހަރުގެ ޖޫންމަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި 143 ވޯޓުން ބޮޑު އަޣުލަބިއްޔަތެއް ހޯއްދަވައިގެންނެވެ. މިއީ […]

މާފުށީގައި އެމްއެންޕީގެ ޖަގަހައެއް ހުޅުވައިފި
Raajje

މާފުށީގައި އެމްއެންޕީގެ ޖަގަހައެއް ހުޅުވައިފި

ކ. މާފުށީގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޖަގަހައެއް ރޭ ހުޅުވައިފިއެވެ. އެމްއެންޕީން ބުނީ މި ޖަގަހައަކީ އެ ޕާޓީގެ ހަރަކާތްތައް އިތުރުކުރުމަށް އެރަށުގައި ހުޅުވި ޖަގަހައެއް ކަމަށެވެ. މި ޖަގަހަ ހުޅުވުމަށް ރޭ މަފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޕީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު، ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމެވެ. އަދި އެ ޕާޓީގެ ނައިބު ރައީސުންނާއި، އިސް ބޭފުޅުންނާއި ސަޕޯޓަރުންގެ އިތުރުން އެމްއެންޕީގެ ފަރާތުން ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކ...

6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
Raajje

6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން ރާއްޖެއައި ފަސިންޖަރެއްގެ އަތުން 6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ވިދާޅުވީ، މަސްތުވާތަކެތި އަތުލައިގަތީ ވައިގެ މަގުން ރާއްޖެއައި ޕާކިސްތާނަށް ނިސްބަތްވާ ފަސިންޖަރެއްގެ ލަގެޖުން ކަމަށެވެ. އެމީހާ އަކީ މިއަދު ޕާކިސްތާނުގެ ކަރާޗީން ރާއްޖެއައި އުމުރުން 53 އަހަރުގެ މީހެކެވެ. މަސްތުވާތަކެތި ފެނުނީ އޭނާ އާއިމެދު ޝައްކުވެގެން ބަލައިފާސް ކުރުމުގެ ތެރޭގައެވެ. އެމީހާ ބަލާފާސްކުރުމުގެ ތެރޭގައި ފެނުނު މަސްތުވާތަކެތި ފުރަތަމަ މަރުޙަލާގައި ބަލ...

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަނީ
Raajje

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަނީ

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު އަންނަ އާދީއްތަ ދުވަހު ހުޅުވާލަން ނިންމައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، މި މަހުގެ 16 ވާ އާދީއްތަ ދުވަހު ޚާއްޞަ އިނާމާބެހޭ ކޮމިޓީން ހުޅުއްވައިލައްވާނެ ކަމަށެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުގެ ތެރޭގައި މިއަހަރު ހިމެނިފައިވަނީ 4 ގިންތިއެކެވެ. ފުރަތަމަ ގ...

ފުށް ފެކްޓްރީ ''ކަޓްވާލަން'' ބަޔަކު ކުރި މަސައްކަތް ނާކާމިޔާބު ކޮށްލެވިއްޖެ، އެތަން އަޅާނީ ކުޅުދުއްފުށީގައި: އާތިފް
Raajje

ފުށް ފެކްޓްރީ ''ކަޓްވާލަން'' ބަޔަކު ކުރި މަސައްކަތް ނާކާމިޔާބު ކޮށްލެވިއްޖެ، އެތަން އަޅާނީ ކުޅުދުއްފުށީގައި: އާތިފް

މި ސަރުކާރުން ކުޅުދުއްފުށީ ސިޓީގައި އަޅަން ނިންމާފައިވާ ފުށް ފެކްޓްރީ ”ކަޓްވާލަން” ބަޔަކު ކުރި މަސައްކަތް ނާކާމިޔާބު ކޮށްލެވިއްޖެކަމަށާއި، އެތަން އަޅާނީ ކުޅުދުއްފުށީގައި ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ނައިބު ވަޒީރު، އަދި ހދ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް އަޙްމަދު އާތިފް ވިދާޅުވެއްޖެއެވެ. އެސްޓީއޯ މެދުވެރިކޮށް ކުޅުދުއްފުށީގައި ގޮދަން ފުށް ފެކްޓަރީ އެއް އަޅަން ނިންމައި އެކަން ސަރުކާރުން ޢިއުލާންކޮށްފައި ވަނީ 2022 ވަނަ އަހަރުގެ ތެރޭގައެވެ. އެތަން އަޅަން ސިޓީ ކައުންސިލުން ވަނީ ހަމައެއަހަރު ބ...

ފެއިލް ވެފައިވާ ސަރުކާރެއްގައި ވަޒީފާއިން ވަކިކުރަންދެން ހުރުމަކީ ބޮޑު ޖޯކެއް: ސައީދު
Raajje

ފެއިލް ވެފައިވާ ސަރުކާރެއްގައި ވަޒީފާއިން ވަކިކުރަންދެން ހުރުމަކީ ބޮޑު ޖޯކެއް: ސައީދު

ސަރުކާރަކީ ފެއިލް ވެފައިވާ ސަރުކާރެއްކަމަށް ދެކޭއިރު، ރައީސުލް ޖުމްހޫރިއްޔާ އެމީހަކު ވަޒީފާއިން ވަކުރަންދެން ވަޒީފާގައި ހުރުމަކީ ބޮޑު ޖޯކެއް ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުޙައްމަދު ވިދާޅުވެއްޖެއެވެ. ސައީދު މިހެން ވިދާޅުވެފައި މިވަނީ، އެސްޓީއޯގެ ސީއީއޯކަމުންނާއި އެމްޑީ ކަމުން ދާދިފަހުން ވަކިކުރި ކުރެއްވި ހުސެއިން އަމުރު، އޭނާ ރައީސް ޞާލިޙްގެ ސަރުކާރާ ދެކޮޅަށް ތެދުވަންޖެހުނީ އިސްލާހު ކުރުމަށް ކުރަންޖެހިފައި ހުރި ކަންކަމުގައި ސަރުކާރުގެ ތެރެއިން އެއްބާރުލުން ނުދިނު...

ރައީސްގެ ނަމުގައި ފޭކް އިންސްޓަގްރާމް އެކައުންޓެއް، ސަމާލުވާން އެދިއްޖެ
Raajje

ރައީސްގެ ނަމުގައި ފޭކް އިންސްޓަގްރާމް އެކައުންޓެއް، ސަމާލުވާން އެދިއްޖެ

ރައީސް އިބްރާޙީމް މުހައްމަދު ޞާލިޙްގެ ނަންފުޅުގައި ސައްހަނޫން އިންސްޓަގްރާމް އެކައުންޓެއް ހިންގާތީ ސަމާލުވުމަށް ރައީސް އޮފީހުން އެދިއްޖެއެވެ. މިކަމަށް ސަމާލުވުމަށް އެދި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސްގެ ނަންފުޅުގައި ސައްހަނޫން އިންސްޓަގްރާމް އެކައުންޓެއް ހިންގަމުންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެ އެކައުންޓަކީ ރައީސް އެންޑޯޒްކުރައްވާ ނުވަތަ ބޭނުންފުޅު ކުރައްވާ އެކައުންޓެއް ނޫން ކަމަށް ވެސް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ. ތަރުޖަމާނ...

ޝާޒް އަކީ ގުރައިދޫ ދާއިރާގެ ތަރައްގީއަށްޓަކައި ސަރުކަރާއެކު މަސައްކަތްކޮށްދެއްވާނެ ބޭފުޅެއް: ރައީސް
Raajje

ޝާޒް އަކީ ގުރައިދޫ ދާއިރާގެ ތަރައްގީއަށްޓަކައި ސަރުކަރާއެކު މަސައްކަތްކޮށްދެއްވާނެ ބޭފުޅެއް: ރައީސް

ރައްޔިތުންގެ މަޖިލިސްގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް، އިބްރާޙީމް ޝާޒް އަކީ ގުރައިދޫ ދާއިރާގެ ތަރައްގީއަށްޓަކައި ސަރުކަރާއެކު މަސައްކަތްކޮށްދެއްވާނެ ބޭފުޅެއް ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިނަށް ކ. ގުޅިއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އެ ދާއިރާގެ ރައްޔިތުންގެ ވިސްނުން ހުރިގޮތް...

''ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް މާތްﷲ ލައްވަވާފައިވާ ދީނަކީ އިސްލާމްދީން''
Raajje

''ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް މާތްﷲ ލައްވަވާފައިވާ ދީނަކީ އިސްލާމްދީން''

ދެދުނިޔޭގެ ބާއްޖަވެރިކަމަށް މާތްﷲ ލައްވަވާފައިވާ ދީނަކީ އިސްލާމްދީން ކަމަށް ޑރ. ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ. ޑރ. ޢަލީ ޒާހިރު މިހެން ވިދާޅުވީ ”އިސްލާމްދީނުގެ މަޤްބޫލުކަން އިތުރުވަނީ ކީއްވެ؟” މި މައުޟޫޢަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދަވާ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ. އިސްލާމިކް މިނިސްޓްރީން މިއަހަރު އިންތިޒާމް ކުރެއްވި 11 ވަނަ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުން ޑރ. ޢަލީ ޒާހިރު ވިދާޅުވީ އިންސާނުންގެ ތެރެއިން ކޮންމެ މީހަކުވެސް އެމީހާގެ ފިޠުރަތު ނިޔާކުރާގޮތުން ދީނަކަށް ބޭ...