ސަރުކާރަކީ ފެއިލް ވެފައިވާ ސަރުކާރެއްކަމަށް ދެކޭއިރު، ރައީސުލް ޖުމްހޫރިއްޔާ އެމީހަކު ވަޒީފާއިން ވަކުރަންދެން ވަޒީފާގައި ހުރުމަކީ ބޮޑު ޖޯކެއް ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވެފައި މިވަނީ، އެސްޓީއޯގެ ސީއީއޯކަމުންނާއި އެމްޑީ ކަމުން ދާދިފަހުން ވަކިކުރި ކުރެއްވި ހުސެއިން އަމުރު، އޭނާ ރައީސް ޞާލިޙްގެ ސަރުކާރާ ދެކޮޅަށް ތެދުވަންޖެހުނީ އިސްލާހު ކުރުމަށް ކުރަންޖެހިފައި ހުރި ކަންކަމުގައި ސަރުކާރުގެ ތެރެއިން އެއްބާރުލުން ނުދިނުމުން ކަމަށް ވިދާޅުވެ ރޭ ބަޔާނެއް ނެރުއްވާފައި ވަނިކޮށެވެ.

Ad
rt

އަމްރުގެ އެ ބަޔާނުގައި ވަނީ އޭނާ މި ސަރުކާރާއި ފެޔަށް ޖެހިވަޑައިގެން ސަބަބުތައް ވިދާޅުވެފައެވެ.

އަމުރު މިފަދަ ބަޔާނެއް ނެރުއްވާފައި ވަނިކޮށް މިއަދު ސައީދު މީސްމީޑިއާގައި ވިދާޅުވީ، ފެއިލްވެފައިވާ ސަރުކާރެއްގައި ރައީސުލްޖުމްހޫރިއްޔާ އެމީހަކު ވަޒީފާއިން ވަކިކުރަންދެން ހުރުން އެއީ ބޮޑު ޖޯކެއް ކަމަށެވެ.

''ސަރުކާރު ފެއިލްވިކަން ޤަބޫލު ކުރެވުނީމަ އިސްތިއުފާ ނުދެއްވީ ކީއްވެބާ؟'' ސައީދު ވިދާޅުވެފަވެއެވެ.

ސައީދު މިމޭރުމުން ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވެ މިހެން ވިދާޅުވެފައިވާއިރު، އޭނާ އެ ނިސްބަތް ކުއްވަނީ އަމުރަށް ކަމަށް ބެލެވެއެވެ.

އަމްރު ރޭ ނެރުވިއްބަޔާނުގައި ސަރުކާރުން އެމްޑީޕީގެ ސިޔާސަތުތައް ދޫކޮށްލުމުން ސަރުކާރުގައި މިއަދު އެއްވެސް އަމާޒެއް ނެތްކަމަށް ވަނީ ވިދާޅުވަފައެވެ. އަދި އެމްޑީޕީގެ މެނިފެސްޓޯގައިވާ ސިޔާސަތުތަކާ އެއްގޮތަށް ސަރުކާރުން މަސައްކަތް ނުކުރާތީ އެމްޑީޕީ ވަފާތެރި އެތައް ބަޔަކު ޕާޓީއާއި ސަރުކާރާ ދުރަށްޖެހިފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އެކަމުގެ ސަބަބުން އެމްޑީޕީއަށް ރައްޔިތުންގެ އިތުބާރު ގެއްލި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ވެސް އެމްޑީޕީއަށް ގެއްލުމުގެ ފުރުސަތު އޮތް ކަމަށް އަމްރުގެ ބަޔާނުގައިވެ އެވެ.