ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އޮތް ވެހިކަލެއްގައި ރޯވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވީ އެއާޕޯޓު މަސައްކަތު ސައިޓެއްގައި އޮތް ވެހިކަލެއްގައެވެ.
އެއީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢު ހިންގާ ޗައިނާގެ ބީޔޫސީޖީގެ އުޅަނދެއް ކަމަށް މައުލޫމާތު ލިބެއެވެ.
އެއާޕޯޓުގެ ފަޔާ އެންޑް ރެސްކިއު ސާވިސާސް މިހާރު ވަނީ އެ ވެހިކަލްގައި ރޯވި އަލިފާން ނިއްވާލާފައިކަމަށް ވެސް މައުލޫމާތު ލިބިފަވެއެވެ.
މި ހާދިސާއާއި ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަނެއް އެކަމުގެ އެއްވެސް އަސަރެއް ފޯރާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!