ކ. މާފުށީގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޖަގަހައެއް ރޭ ހުޅުވައިފިއެވެ.

އެމްއެންޕީން ބުނީ މި ޖަގަހައަކީ އެ ޕާޓީގެ ހަރަކާތްތައް އިތުރުކުރުމަށް އެރަށުގައި ހުޅުވި ޖަގަހައެއް ކަމަށެވެ.

Ad
rt

މި ޖަގަހަ ހުޅުވުމަށް ރޭ މަފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޕީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު، ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމެވެ. އަދި އެ ޕާޓީގެ ނައިބު ރައީސުންނާއި، އިސް ބޭފުޅުންނާއި ސަޕޯޓަރުންގެ އިތުރުން އެމްއެންޕީގެ ފަރާތުން ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓް އަލީ އާރިފް ވެސް ބައިވެރިވިއެވެ.

އެމްއެންޕީން ބުނިގޮތުގައި މާފުށިން ގިނައަދަދެއްގެ ޒުވާނުން ދަނީ އެ ޕާޓީއާ ގުޅެމުންނެވެ. އަދި އެ ޒުވާނުން ދަނީ ރައްޔިތުންގެ މަޖިލީހުގެ ގުރައިދު ދާއިރާއަށް ކުރިމަތިލި އެމްއެންޕީގެ ކެޑިޑޭޓް އަލީ އާރިފް، ކެންޑިޑޭޓް ނަމްބަރު 3 އަށް ތާއީދު ހޯދުމަށް ގިނަ ހަރަކާތްތަކެއްވެސް އިންތިޒާމު ކުރަމުން ކަމަށް އެ ޕާޓިން ބުންޏެވެ.

މީގެ އިތުރުން 2023 ގެ ރިޔާސީ އިންތިޚާބަށް އެމްއެންޕީގެ ރިޔާސި ކެނޑިޑޭޓް، ޕާޓީގެ ރައީސް މުޙައްމަދު ނާޒިމްގެ ކެންޕެއިން ހަރަކާތްތައްވެސް ރޭ މާފުށިގައި ހުޅުވި ޖަގަހައިގައި ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.