ވައިގެ މަގުން ރާއްޖެއައި ފަސިންޖަރެއްގެ އަތުން 6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ވިދާޅުވީ، މަސްތުވާތަކެތި އަތުލައިގަތީ ވައިގެ މަގުން ރާއްޖެއައި ޕާކިސްތާނަށް ނިސްބަތްވާ ފަސިންޖަރެއްގެ ލަގެޖުން ކަމަށެވެ.

Ad
rt

އެމީހާ އަކީ މިއަދު ޕާކިސްތާނުގެ ކަރާޗީން ރާއްޖެއައި އުމުރުން 53 އަހަރުގެ މީހެކެވެ. މަސްތުވާތަކެތި ފެނުނީ އޭނާ އާއިމެދު ޝައްކުވެގެން ބަލައިފާސް ކުރުމުގެ ތެރޭގައެވެ.

އެމީހާ ބަލާފާސްކުރުމުގެ ތެރޭގައި ފެނުނު މަސްތުވާތަކެތި ފުރަތަމަ މަރުޙަލާގައި ބަލާފާސްކުރުމުން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހިރޮއިންނަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސް އިން ވިދާޅުވެއެވެ.

މިތަކެތީގެ ބަރުދަނުގައި 4.98 ކިލޯ ހުރިއިރު، މި ތަކެތީގެ މަގުމަތީގެ އަގު 6 މިލިއަން ރުފިޔާއަށްވުރެ މަތިވާނެ ކަމަށް ކަސްޓަމްސްއިން ވަނީ ލަފާކުރައްވާފައެވެ.

މި މައްސަލައިގެ ތަހުގީގު ހިންގުމަށްޓަކައި މި މައްސަލާގައި އަތުލައިގަނެވުނު މީހާއާއި ތަކެތި މިހާރު ދިވެހި ފުލުހުންގެ ޚިދުމަތާއި ހަވާލުކުރެވިފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ މައުލޫމާތު ދެއްވާފައެވެ.