ރައީސް އިބްރާޙީމް މުހައްމަދު ޞާލިޙްގެ ނަންފުޅުގައި ސައްހަނޫން އިންސްޓަގްރާމް އެކައުންޓެއް ހިންގާތީ ސަމާލުވުމަށް ރައީސް އޮފީހުން އެދިއްޖެއެވެ.

މިކަމަށް ސަމާލުވުމަށް އެދި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސްގެ ނަންފުޅުގައި ސައްހަނޫން އިންސްޓަގްރާމް އެކައުންޓެއް ހިންގަމުންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

Ad
rt

އެ އެކައުންޓަކީ ރައީސް އެންޑޯޒްކުރައްވާ ނުވަތަ ބޭނުންފުޅު ކުރައްވާ އެކައުންޓެއް ނޫން ކަމަށް ވެސް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

ތަރުޖަމާނު ވިދާޅުވިގޮތުގައި ރައީސް ޞާލިޙްގެ އިންސްޓަގްރާމް އެކައުންޓަކީ 'ibusolih' އެވެ. އަދި '_ibusolih' ގެ ނަމުގައި ހިންގަނީ ފޭކު އެކައުންޓެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

ރައީސްގެ ނަންފުޅުގައި ހިންގާ ފޭކު އިންސްޓަގްރާމް އެކައުންޓް މިހާތަނަށް 10 ހާހަށްވުރެ ގިނަ މީހުން ފްލޯކޮށްފައިވާއިރު، އެ އެކައުންޓުން ވަނީ 1572 މީހުން ފްލޯކޮށްފައެވެ. އަދި 90 އަށްވުރެ ގިނަ ޕޯސްޓްކޮށްފަވެއެވެ.