މާފުށީ ޖަލުގައި ހުރި ގައިދީއަކު ނިޔާވެއްޖެ
މާފުށީ ޖަލުގައި ޙުކުމް ތަންފީޛްކުރަމުންދިޔަ ގައިދީއަކު ނިޔާވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވިގޮތުގައި ނިޔާވެފައި ވަނީ، އުމުރުން 29 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެކެވެ. އަމީނުލް އިސްލާމް ކިޔާ އެ މީހާ ހެނދުނުގެ ސައިގެ ވަގުތު ނުހޭލާ އޮތުމާ ގުޅިގެން ގޮވަން އުޅުމުން އެއްވެސް ހަރަކާތެއް ނުކުރާތީ، އޭނާ އެމަޖެންސީގައި މާފުށީ ހެލްތް ސެންޓަރަށް ގެންދިޔަ ކަމަށް ކަރެކްޝަންސް އިން ވިދާޅުވިއެވެ. އަމީނުލް ނިޔާވިކަމަށް ޑޮކްޓަރު ކަނޑައަޅާފައިވަނީ 2:10 ގައެވެ. ހެލްތް ސެންޓަރުން މައުލޫމާތު ދ...