މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,964 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ނާޒިމްގެ ވެރިކަމެއްގައި ރާއްޖެ އެއްގައުމަކަށް ބަރޯސާވުން ނިމުމަކަށް ގެންނާނެ: ރިޔާޟު
Raajje

ނާޒިމްގެ ވެރިކަމެއްގައި ރާއްޖެ އެއްގައުމަކަށް ބަރޯސާވުން ނިމުމަކަށް ގެންނާނެ: ރިޔާޟު

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމްގެ ވެރިކަމެއްގައި ދިވެހި ރާއްޖެ، މާލީ، އިޤްތިސޯދީ އަދި ސަލާމަތީ ކަންކަމުގައި އެއްގައުމަކަށް ބަރޯސާވެގެން އޮތްއޮތުން ނިމުމަކަށް ގެންނާނެ ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޟު ވިދާޅުވެއްޖެއެވެ. އަންނަ ރިޔާސީ އިންތިޚާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ނާޒިމްގެ މެނިފެސްޓޯ މިހާރު ޢާންމު ކުރައްވާފައިވާއިރު، އެ މެނިފެސްޓޯގެ ވަޢުދުތަކާއި ގުޅޭގޮތުން މީސް މީޑިއާގައި ކުރެއް...

މާލޭ ގެއެއްގައި ރަހީނުކޮށްފައި ތިބި ތިން ދިވެހިން ސަލާމަތްކޮށްފި
Raajje

މާލޭ ގެއެއްގައި ރަހީނުކޮށްފައި ތިބި ތިން ދިވެހިން ސަލާމަތްކޮށްފި

މާލޭގެ ގެއެއްގައި ރަހީނުކޮށްފައި ތިބި ތިން ދިވެހިން ސަލާމަތްކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، މާލޭގެ ގެއެއްގައި ބަޔަކު ރަހީނުކޮށްފައިވާ ކަމަށް މިއަދު ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ތިން ދިވެހިން ސަލާމަތްކޮށްފައިވާ ކަމަށެވެ. އެ މީހުން ރަހީނުކޮށްފައި ތިބި ގެޔަށް ފުލުހުން ވަދެފައި ވަނީ ބާރުގެ ބޭނުން ކޮށްގެންނެވެ. ”އެ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ކޮށްފައި، ޑޮކްޓަރަށް ދެއްކުމަށް އެމީހުން މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައި” ފުލުހުން ވިދާޅުވިއެވެ. ފު...

އެލަވަންސް ބޮޑުކުރުމަށް ހެޔޮ ނިޔަތެއް އޮތްނަމަ އެކަން ކުރާނީ ގާނޫނަކުން: އުޝާމް
Raajje

އެލަވަންސް ބޮޑުކުރުމަށް ހެޔޮ ނިޔަތެއް އޮތްނަމަ އެކަން ކުރާނީ ގާނޫނަކުން: އުޝާމް

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ބޮޑުކުރުމަށް ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްނަމަ އެކަން ކުރާނީ ގާނޫނުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އެއް ނައިބު ރައީސް، ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެމުންއަންނަ އެލަވަންސް، ޖޫން މަހުން ފެށިގެން ގިންތިތަކެއް ހަދައި ބޮޑުކޮށްފައިވާ ކަމަށް ސަރުކާރުން އިއްޔެ ވަނީ ޢިއުލާން ކުރައްވާފައެވެ. އެކަމާއި ގުޅިގެން އުޝާމް މީސް މީޑިއާގައި ވިދާޅުވީ، އެ ކަމަކީ ގާނޫނު އިސްލާހުކޮށްގެ...

އީއައިއޭ ނަހަދާ މަސައްކަތް ކުރުމުން، ސޮނެވާ ފުށި 20,000ރ. އިން ޖޫރިމަނާކޮށްފި
Raajje

އީއައިއޭ ނަހަދާ މަސައްކަތް ކުރުމުން، ސޮނެވާ ފުށި 20,000ރ. އިން ޖޫރިމަނާކޮށްފި

އެންވަޔަރަމަންޓް އިމްޕެކްޓަ އެސަސްމަންޓް (އީއައިއޭ) މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި ބ. ކުންފުނަދޫ (ސޮނެވާ ފުށި) ގެ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމުގެ މަސައްކަތް ފެށުމާއި ގުޅިގެން ބަނީ ހޯލްޑިންގްސް (ބީވީއައި) ލިމިޓެޑް 20 ހާސް ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. އީއައިއޭގެ މަރުހަލާ ފުރިހަމަނުކޮށް ބީވީއައި ޖޫރިމަނާކޮށްފައިވާކަން ހާމަކޮށްފައި ވަނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ނެރުއްވި ނޫސްބަޔާނެއްގައެވެ. އެ ނޫސްބަޔާނުގައި އީޕީއޭއިން ވިދާޅުވެފައިވ...

ރިޔާސަތުން މިއަދުގެ ޖަލްސާ ނިންމާލީ ގަވާއިދުގެ ބޭނުން ހިފުމެއްނެތި: އިބްރޭ
Parliament

ރިޔާސަތުން މިއަދުގެ ޖަލްސާ ނިންމާލީ ގަވާއިދުގެ ބޭނުން ހިފުމެއްނެތި: އިބްރޭ

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން މިއަދުގެ މަޖިލިސް ޖަލްސާ ނިންމާލީ މަޖިލީހުގެ ގަވާއިދުގެ ބޭނުން ހިފުމެއްނެތި ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް އެޖެންޑާއިން ނުނަގައި މަޖިލިސް ކުރިއަށް ގެންދަން ހުރަސްއަޅައި އަޑުގަދަކުރާތީ މިއަދުގެ ޖަލްސާ ވެސް ވަނީ ކުރިއަށް ނުގެންދެވިފައެވެ. މިއަދު މަޖިލިސްގެ ރިޔާސަތުން ޢަމަލު ކުރެއްވި ގޮތާގުޅޭ ގޮތުން އިބްރޭ ވިދާޅުވީ، މަޖިލިސް ރިޔާސަތުން ރައީސުލްޖުމްހ...

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރު އިނާޔަތްތަކެއް ތަޢާރަފްކުރަނީ
Raajje

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރު އިނާޔަތްތަކެއް ތަޢާރަފްކުރަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރު އިނާޔަތްތަކެއް ތަޢާރަފްކުރަން ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ މާލީ އެހީގެ މިންވަރު މުރާޖަޢާކުރައްވައި، އިތުރު އިނާޔަތްތަކެއް ތަޢާރަފްކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ނިންމަވާފައެވެ. ރައީސް ޞާލިޙް މިގޮތަށް ނިންމެވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ މުރާޖަޢާކުރެއްވުމާ...

ޤައުމީ ފެންވަރުގައި "ވޯލްޑް ޔޫތް ސްކިލްސް ޑޭ" ފާހަގަކުރުމަށް ނިންމައިފި
Raajje

ޤައުމީ ފެންވަރުގައި "ވޯލްޑް ޔޫތް ސްކިލްސް ޑޭ" ފާހަގަކުރުމަށް ނިންމައިފި

މި އަހަރުން ފެށިގެން ކޮންމެ އަހަރަކު “ވޯލްޑް ޔޫތް ސްކިލްސް ޑޭ” ޤައުމީ ފެންވަރުގައި ރާއްޖޭގައި ފާހަގަކުރުމަށް މިއަދު ނިންމައިފިއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މި އަހަރުން ފެށިގެން ކޮންމެ އަހަރަކު “ވޯލްޑް ޔޫތް ސްކިލްސް ޑޭ” ޤައުމީ ފެންވަރުގައި ރާއްޖޭގައި ފާހަގަކުރުމަށް ނިންމަވާފައެވެ. ވަޒީރުންގެ މަޖިލީހުން މިގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާފުޅު އެރުވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދ...

މިނިވަން އިންތިހާބެއް ޔަގީންކުރުމަށް މަޖިލީހުގެ ޒިންމާތައް އަދާކުރެވެންޖެހޭ: ނާޒިމް
Raajje

މިނިވަން އިންތިހާބެއް ޔަގީންކުރުމަށް މަޖިލީހުގެ ޒިންމާތައް އަދާކުރެވެންޖެހޭ: ނާޒިމް

މިނިވަން އިންތިހާބެއް ޔަގީންކުރުމަށް މަޖިލީހުގެ ޒިންމާތައް އަދާކުރެވެންޖެހޭކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މަޖިލިސް ވަނީ ހުއްޓުމަކަށް އައިސްފައެވެ. މަޖިލިސް ކުރިއަށް ނުގެންދެވި، ހުއްޓިފައި އޮތުމުން ކަންބޮޑުވުން ފާޅުކުރައްވަމުން ނާޒިމް މިއަދު މީސް މީޑިއ...

ނަޝީދާއި އީވާ މަސައްކަތް ކުރައްވަނީ ގަދަބާރުން މަގާމުގައި ބަގުޑިބައްދައިގެން މަގާމު ގެއްލުނަނުދޭން: ޝިފާޢު
Raajje

ނަޝީދާއި އީވާ މަސައްކަތް ކުރައްވަނީ ގަދަބާރުން މަގާމުގައި ބަގުޑިބައްދައިގެން މަގާމު ގެއްލުނަނުދޭން: ޝިފާޢު

ރައްޔިތުންގެ މަޖިލިސް ތެރޭން މިއަދު ފެންނަނީ މަޖިލީހުގެ ރައީސާއި، ނައިބު ރައީސް ގަދަބާރުން މަގާމުގައި ބަގުޑިބައްދަވައިގެން މަގާމު ގެއްލުނަނުދޭން ކުރާ މަސައްކަތްތަކެއްކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު  މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ޝިފާޢު މިހެން ވިދާޅުވީ، ވެރިކަންކުރާ އިއްތިހާދުގެ މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓަރީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ މުގައްރިރުކަން ވެސް ކުރައް...

ސީޝެލްސްގެ ރައީސަށް ދިވެހި ސަރުކާރުން ރަސްމީ މަރުޙަބާ ދަންނަވައިފި
Raajje

ސީޝެލްސްގެ ރައީސަށް ދިވެހި ސަރުކާރުން ރަސްމީ މަރުޙަބާ ދަންނަވައިފި

ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން އަށް ދިވެހި ސަރުކާރުން ރަސްމީގޮތުން މިއަދު މަރުޙަބާ ދަންނަވައިފިއެވެ. ސީޝެލްސްގެ ރައީސްގެ ދެކަނބަލުން ރާއްޖެއަށް އިއްޔެ ފެއްޓެވި ފުރަމާނަ ދަތުރުފުޅަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެ ދެ ކަނބަލުންނަށް ދިވެހި ސަރުކާރުން މިއަދު ރަސްމީ މަރުޙަބާ ދަންނަވާފައިވާއިރު، މަރުޙަބާ ދެންނެވުމުގެ ގޮތުން ބޭއްވި ރަސްމީ ޙަރަކާތްތައް ކުރިޔަށް ދިޔައީ މިއަދު ޖުމްހޫރީ މައިދާނުގައ...

މަކުނުދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ނުނިމި ލަސްވާތީ ކަންބޮޑުވުން
Thiladhunmathi News

މަކުނުދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ނުނިމި ލަސްވާތީ ކަންބޮޑުވުން

ހދ. މަކުނުދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ލަސްވާތީ އެރަށު ކައުންސިލްގެ އޮފިޝަލަކު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. މިކަންބޮޑުވުން ފާޅުކުރައްވައި، އެ ރަށު ކައުންސިލް އޮފިޝަލަކު ”ތިލަދުން” އަށް މައުލޫމާތު ދެއްވިގޮތުގައި 20 އެޕްރީލް 2023 ގައި އެއްބަސްވުމުގައި ސޮއިކުރެވި މަސައްކަތް ފަށާފައިވާ އެރަށު ސްކޫލްގެ މަލްޓިޕާޕަސް ހޯލް ޢިމާރާތްކުރުމުގެ މަސައްކަތް 26 މޭ 2023 ގައި މުއްދަތު ހަމަވީއިރު ނިންމާލެވިފައި ވަނީ ހަމައެކަނި ފައުންޑޭޝަންގެ މަސައްކަތްތަކެވެ. އެއިމްސް ކޮންސްޓްރަކްޝަން ޕަރައިވެޓ...

ރިޔާސީ އިންތިޚާބުގެ ދާއިމީ ވޯޓާސް ލިސްޓް އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި
Raajje

ރިޔާސީ އިންތިޚާބުގެ ދާއިމީ ވޯޓާސް ލިސްޓް އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދާއިމީ ވޯޓާސް ލިސްޓް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފިއެވެ. މި ލިސްޓް ޢާންމު ކުރެއްވުމަށްފަހު އީސީން ވަނީ 22 ޖޫން 2023 ވަނަ ދުވަހު 15:00 ގެ ކުރިން މި ލިސްޓަށް އެއްވެސް ޝަކުވާއެއް އޮތްނަމަ ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައެވެ. ޝަކުވާ ބަލައިގަންނަން އެ ކޮމިޝަނުން ކަނޑައަޅާފައިވާ ވަގުތުތަކަކީ ރަސްމީ ދުވަހެއްގައި ނަމަ ހެނދުނު 8:30 އިން މެންދުރުފަހު 15:00 އެވެ. ހުކުރު ދުވަސް ފިޔަވައި ބަންދު […]

ސީޝެލްސްގެ ރައީސް ރާއްޖެ ވަޑައިގެންފި
Raajje

ސީޝެލްސްގެ ރައީސް ރާއްޖެ ވަޑައިގެންފި

ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ރާއްޖެވަޑައިގެންފިއެވެ. ސީޝެލްސްގެ ރައީސްގެ ދެކަނބަލުން ރާއްޖެއަށް މިއަދު ފެއްޓެވި ފުރަމާނަ ދަތުރުފުޅަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ސީޝެލްސްގެ ރައީސްގެ ދެކަނބަލުންނަށް ރާއްޖެވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަށް އެއާޕޯޓު (ވީއައިއޭ) އިން އެ ދެކަނބަލުންނަށް މަރުޙަބާ ވިދާޅުވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު (ނ.ޢ....

މި އަހަރު އަމީރުލްޙައްޖަކީ ނައިބު ރައީސް
Raajje

މި އަހަރު އަމީރުލްޙައްޖަކީ ނައިބު ރައީސް

މިއަހަރުގެ އަމީރުލްޙައްޖަކީ ނައިބު ރައީސް ފައިޞަލް ނަސީމް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ. ރައީސް އޮފީހުން މިއަދު ވިދާޅުވިގޮތުގައި، 1444 ވަނަ އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ޙައްޖާޖީންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، ނައިބު ފައިޞަލް ނަސީމް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ހަމަޖައްސައްސަވާފައެވެ. ދިވެހި ޙައްޖާޖީންގެ...

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޖަމީލް އަވަހާރަވެއްޖެ
Raajje

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޖަމީލް އަވަހާރަވެއްޖެ

ދިވެހި ދައުލަތަށް ވަރަށް ދިގު މުއްދަތެއްގައި، ޚިދުމަތްތަކެއް ކުރައްވައިފައިވާ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ޢަބްދުﷲ ޖަމީލް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ. ޢަބްދުﷲ ޖަމީލް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެމަނިކުފާނުގެ ގެކޮޅު މާފަންނު ދޫރެސްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 87 އަހަރެވެ. ޢަބްދުﷲ ޖަމީލް އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މި ޖޫން މަހުގެ 13 ވާ އަންގާރަ ދުވަހުން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ޤައުމ...