އަޅުގަނޑުގެ ވެރިކަމެއްގައި ހުޅުމާލޭން ދީފައި ހުރި ފްލެޓްތަކުގެ ކުލި އެއްފަހަރާ މައާފުކޮށްދޭނަން: ގާސިމް
އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުވެޖެނަމަ ހުޅުމާލޭން ރައްޔިތުންނަށް ދީފައި ހުރި ފްލެޓްތަކުގެ ކުލި އެއްފަހަރާ މައާފުކޮށްދެއްވާނެ ކަމަށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް، އެޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ޤާސިމް މިހެން ވިދާޅުވީ، މިއަދު ޕެރެޑައިސް އައިލެންޑް ރިސޯޓްގައި ކުރިއަށް ގެންދިޔަ ޖޭޕީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ޤާސިމްގެ ވާހަކާގައި ހުޅުމާލޭގައި ހިންގަމުންދާ ބޯހިޔާވަހި ކަމުގެ މަޝްރޫޢުއާއި ގުޅޭގޮތުން ވިދާޅުވީ، އެއް ބަޔަ...