މާލޭގެ ގެއެއްގައި ރަހީނުކޮށްފައި ތިބި ތިން ދިވެހިން ސަލާމަތްކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، މާލޭގެ ގެއެއްގައި ބަޔަކު ރަހީނުކޮށްފައިވާ ކަމަށް މިއަދު ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ތިން ދިވެހިން ސަލާމަތްކޮށްފައިވާ ކަމަށެވެ.

Ad
rt

އެ މީހުން ރަހީނުކޮށްފައި ތިބި ގެޔަށް ފުލުހުން ވަދެފައި ވަނީ ބާރުގެ ބޭނުން ކޮށްގެންނެވެ.

''އެ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ކޮށްފައި، ޑޮކްޓަރަށް ދެއްކުމަށް އެމީހުން މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައި'' ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައާއި ގުޅިގެން ދިވެހި ފިރިހެނަކާއި، 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ވިދާޅުވިގޮތުގައި، އެމީހުން ރަހީނުކޮށްފައި ތިބީ އެއީ މާލޭގެ ހެންވޭރު އަބަދަށް އުފާ މަގުގައި ހުންނަ ގެއެއްގައެވެ.

މި މައްސަލަ ފުލުހުން ގެންދަވަނީ ތަހުގީގު ކުރައްވަމުން ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.