ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން މިއަދުގެ މަޖިލިސް ޖަލްސާ ނިންމާލީ މަޖިލީހުގެ ގަވާއިދުގެ ބޭނުން ހިފުމެއްނެތި ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް އެޖެންޑާއިން ނުނަގައި މަޖިލިސް ކުރިއަށް ގެންދަން ހުރަސްއަޅައި އަޑުގަދަކުރާތީ މިއަދުގެ ޖަލްސާ ވެސް ވަނީ ކުރިއަށް ނުގެންދެވިފައެވެ.
މިއަދު މަޖިލިސްގެ ރިޔާސަތުން ޢަމަލު ކުރެއްވި ގޮތާގުޅޭ ގޮތުން އިބްރޭ ވިދާޅުވީ، މަޖިލިސް ރިޔާސަތުން ރައީސުލްޖުމްހޫރިއްޔާގެ އަބުރު ފުޅާ މުޙާތަބު ކޮށް ވިދާޅުވި ބަސް، މަޖިސް މެމްބަރުން މިއަދު ޖަލްސާގައި ގޮވައި ޖަލްސާ ހުއްޓުވި އިރު ވެސް ޤަވާއިދުގައި ނަންއިއްވުމާއި، ތަޅުމުން ބޭރަށް ނެރުމަށް އޮންްނަމާއްދާގެ ބޭނުން ނުހިފާ ރިޔާސަތުން މިއަދު ވަނީ މަޖިލިސް ނިންމާލާފަކަމަށެވެ.
އިބްރޭ މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އިދިކޮޅު މެމްބަރުން ހަލަބޮލިކޮށް ހުއްޓުވީ، އެކަމަށް މަޖިލީހުގެ ރިޔާސަތުން ފުރުސަތު ދިނުމުން ކަމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުން މިއަދު ވަނީ ބުނެފަ އެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕާއި، އެ ޕާޓީގެ މަޖިލިސް މެންބަރުން، މަޖިލިސް ރިޔާސަތުގައި އިންނެވި ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާމެދު ތުހުމަތުތަކެއް ކުރައްވާފައިވާއިރު މަޖިލީހުގެ މިއަދުގެ ޖަލްސާ އަފީފް ނިންމަވާލެއްވީ ވަރަށް ސުވާލު އުފެއްދޭ ގޮތަކަށެވެ.
މިއަދުގެ މަޖިލިސް ޖަލްސާ އެންމެ ހަލަބޮލިވި ވަގުތު، ރިޔާސަތުގައި އިންނެވި އަފީފަށް ފޯނު ކޯލެއް އައި މަންޒަރު ލައިވްކޮށް ދައްކަމުން ދިޔަ ޖަލްސާއިން ފެނެއެވެ. އަދި މައިކު ކަނޑާ ނުލައި ހުރުމުން އޭނާ ފޯނުން ދެއްކެވި ވާހަކަ ވެސް އަޑު އިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!