މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ޚިދުމަތަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ޚާއްސަ ޖަލްސާއެއް ބާއްވައި، 13 ބޭފުޅަކަށް ރަނި އެވޯޑު ދީފިއެވެ.
މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީއެވެ.
މި ހަފްލާގައި މާލޭ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އަންހެނުން ބާރުވެރިކޮށް އެކަނބަލުން ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތަށް ހިތްވަރު ދިނުމަށްޓަކައި "ރަނި އެވޯޑް"ގެ ނަމުގައި އެވޯޑެއް ދީފައިވާއިރު، މި އެވޯޑު 13 ބޭފުޅަކަށް ވަނީ ދީފައެވެ.
މިި އެވޯޑްތައް ލިބުނު ފަރާތްތަކަށް އެ ވޯޑުތައް ހަވާލުކޮށްދެއްވާފައިވަނީ ހަފްލާގެ ޝަރަފްވެރި މެޚްމާން މިނިސްޓަރު ޑރ. އައިޝާ އެވެ.
މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ދިން ރަނި އެވޯޑް ލިބުނު ފަރާތްތައް:
- ވިސާމާ ހަސަން / މ. މުލި (ތައުލީމީ ދާއިރާ)
- އައިމިނަތު ވިލީނިއާ / ގ. މެޑޯ (އިގްތިސޯދީ ދާއިރާ)
- ޑރ. އާއިޝަތު ޝިނާ / މއ. ޑޯންލައިޓް (ތައުލީމީ ދާއިރާ)
- އައިމިނަތު ފަހީމް / ހ. ފެހިވިނަމާގެ (އިޖްތިމާއީ ދާއިރާ)
- މަރިޔަމް ލައިޒާ / ހ. ފެހިއާލާ (އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ ދާއިރާ)
- އައިޝަތު ސީމާ / މ. ފެހިގެ (އިޖްތިމާއީ ދާއިރާ)
- ޒިދުނާ އަލީމަނިކު / މއ. ފޮގެޓްމީނޮޓް (އިގްތިސޯދީ ދާއިރާ)
- އައިޝަތު ލީނާ / މއ. ވާދީގެ (އިޖްތިމާއީ ދާއިރާ)
- ޢާއިސަތު ނަސީމާ / ހ. ޕިންކް ސްޓާ (ތައުލީމީ ދާއިރާ)
- ނަސްރީނާ އަބުދުލްކަރީމް / ހ. ރުކުމާގެ (އިގްތިސޯދީ ދާއިރާ)
- އާއިޝަތު ޝިރުހާން / މ. ހިޔަލީގުލްޝަން (އިޖްތިމާއީ ދާއިރާ)
- އާއިޝަތު ޝަރީފާ އިބްރާހީމް / މ. ސަބުދެލިގެ (އިގްތިސޯދީ ދާއިރާ)
- ރަދީފާ ހުސައިން / މ. ޖާރރަލްގެ 1 (އިޖްތިމާއީ ދާއިރާ)
މީގެއިތުރުން، މެއި 2022 އިން މެއި 2023ގެ ނިޔަލަށް މާލޭ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންގެ ތެރެއިން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ޕާފޯމަންސް ދައްކައިފާ 4 މެމްބަރުންނަށް ކޮމިޓީގެ ރައީސްގެ ފަރާތުން ޚާއްސަ އެވޯޑެއް ދީފައިވެއެވެ. މި އެ ވޯޑު ލިބުނު މެންބަރުންނަކީ،
- އައިމިނަތު އަބްދުލް ގައްޔޫމް – ގަލޮޅު ހުޅަނގު ދާއިރާގެ މެމްބަރު
- ފާތިމަތު ޝިރްމީނާ – ގަލޮޅު މެދު ދާއިރާގެ މެމްބަރު
- ފާތިމަތު ލައިޒާ – ހެންވޭރު އުތުރު ދާއިރާގެ މެމްބަރު
- ފާތިމަތު ބަދޫރާ – މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު
މި ހަފްލާގައި ވާހަކަދައްވަމުން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ އެވޯޑް ލިބުނު ފަރާތަކަށް މަރުހަބާ ދަންނަވައި، އެވޯޑް ލިބުނު ކަނބަލުންގެ މަސައްކަތްތެރިކަމުން ދިވެހި ކަނބަލުންނަކީ ހިތްވަރުގަދަ ކެރޭ ބައެއްކަން އެނގިގެން ހިނގައްޖެކަމަށް ވިދާޅުވެފައެވެ. އަދި އުންމީދުކުރައްވަނީ އިތުރު އަންހެން ބޭފުޅުން މި އެ ވޯޑު ލިބުނު އެބޭފުޅުންގެ ކިބައިން ނަމޫނާ ލިބިގަންނާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.
މިނިސްޓަރުގެ ވާހަކާގައި ވަނީ، އަންހެންކުދިން ބާރުވެރިކުރުވަން ރޯލް މޮޑެލްތަކެއް ތިބެންޖެހޭކަމަށް ވެސް ވިދާޅުވެފައެވެ. އަދި ހުރިހާ ކަނބަލުންވެސް ކުރިއަރަމުން އަންނަ ދިވެހި ދަރިވަރުން ނަމޫނާ ލިބިގަންނާނެ ރޯލް މޮޑެލުންނަށް ވުމަށް މިނިސްޓަރު އެދިވަޑައިގަގަތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!