އަންނަ ބޮޑު (އަޟްޙާ) ޢީދު ގެ ރަސްމީ ބަންދު ދުވަސްތަކާއި ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ ހާއްސަ ބަލިތަކުގެ އޯޕީޑީއާއި ލެބޯޓްރީގެ ޚިދުމަތް 4 ދުވަހަށް ބަންދުވާނެ ކަމަށް އެ ހޮސްޕިޓަލުން ހާމަކުރައްވައިފިއެވެ.

ބޮޑު ޢީދު ބަންދާ ގުޅިގެން ކޭއާރުއެޗުގެ ޚިދުމަތްދޭ ދުވަސްތައް ހާމަކުރައްވަމުން އެ ހޮސްޕިޓަލުން މިއަދު ވިދާޅުވީ، ބޮޑު ޢީދު ބަންދާއި ގުޅިގެން އެ ހޮސްޕިޓަލްގެ ހާއްސަ ބަލިތަކުގެ އޯޕީޑީއާއި ލެބޯޓްރީގެ ޚިދުމަތް 4 ދުވަހަށް ބަންދުވާނެ ކަމަށެވެ.

Ad
rt

މިގޮތުން އެ ޚިދުމަތްތައް ބަންދުވާނެ ހަތަރު ދުވަހަކީ މި ހިނގާ ޖޫން މަހުގެ 26،27،28 އަދި ޖުލައި މަހުގެ 1 ވަނަ ދުވަސް ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

މީގެ އިތުރުން ޖޫން 25 އިން 29 ގެ ނިޔަލަށް ހޮސްޕިޓަލްގެ އިދާރީ އޮފީހާއި ޕަބްލިކް ހެލްތް ޔުނިޓް ވެސް ބަންދުވާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ހާމަކުރައްވާފައެވެ.

ޢީދު ބަންދާއި ގުޅިގެން ބައެއް ޚިދުމަތްތައް ބައެއް ދުވަސްތަކުގައި ބަންދު ކުރި ނަމަވެސް އެ ހޮސްޕިޓަލުންދޭ ޢާންމު ބަލިތަކުގެ ޚިދުމަތްތައް ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށް އަދި، ޓްރޯމާ އާއި އެމާޖެންސީ ޚިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެފަވެއެވެ.

މިއަހަރުގެ ޙައްޖު ދުވަހާއި އެއާ ވިދިގެން އަންނަ ބޮޑު ޢީދާއި ގުޅިގެން ޖޫން 27 އިން ޖުލައި 1 ސަރުކާރު ބަންދުވާނެއެވެ. ރާއްޖޭގެ ކަލަންޑަރު ބުނާގޮތުން މިއަހަރުގެ ހައްޖު ދުވަހަކީ ޖޫން 27 އެވެ. ޢީދު ދުވަހަކީ 28 އެވެ.