ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނާ މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) އެވެ.

Ad
rt

މި މައްސަލަ އަށް ބަހުސް ކުރުމަށް ތަޅުމުގައި މިހާރު ވޯޓު ނަގާފައިވާއިރު، އެ ވޯޓުގައި ބައިވެރިވި 37 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށް ވަނީ ބަހުސް ފަށައިފަ އެވެ.

އެ މައްސަލަ ބަލައިގަނެ، ކުރިއަށް ނުގެންދަން ނުފެންނަ ކަމަށް 13 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

ޝަރީފު ހުށަހެޅުއްވި މި މައްސަލާގައި ވިދާޅުވެފައި މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބުދުﷲ ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ނަޝީދު ދެކޮޅު ހައްދަވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ. އީވާ ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށް ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ދެކޮޅު ހެއްދެވި ނަމަވެސް ނަޝީދު ވަޑައިގެން މަޖިލީހުގެ އިދާރާގައި އުޅުއްވި ކަމަށް ވެސް ޝަރީފު ވިދާޅުވެފަވެ އެވެ.