މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޖަލްސާއެއް މިރޭ ކުޅުދުއްފުށީ ސިޓީގައި އޮންނާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
މި ޖަލްސާގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ޖަލްސާގައި ބައިވެރިވެ ވަޑައިގެންގެންނެވުމަށް ނާޒިމް މިހާރު ކުޅުދުއްފުއްޓަށް ވަޑައިގެންފައިވާއިރު، ކުޅުދުއްފުށީގެ އެމްއެންޕީގެ ސަޕޯޓަރުން ވަނީ ނާޒިމަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.
އެމްއެންޕީގެ މިރޭގެ ޖަލްސާގައި އެ ޕާޓީގެ ވެރިކަމެއްގައި ބޮޑުތިލަދުންމަތީގެ ތަރައްގީގެ ޕްލޭން ޢިއުލާން ކުރާނެއެވެ. އަދި ނާޒިމްގެ ސަރުކާރެއްގައި ގެންގުޅުއްވާނެ ދިފާއީ، ޚާރިޖީ ސިޔާސަތު ތަކާމެދު ވެސް މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވާނެއެވެ.
މި ޖަލްސާ މިރޭ އޮންނާނީ ކުޅުދުއްފުށީ އެމްއެންޕީ ޖަގަހައިގައެވެ. ޖަލްސާ ފަށާނީ މިރޭ 21:00 ގައެވެ.
މިޖަލްސާ އެމްއެންޕީގެ ފޭސްބުކް ޕޭޖުންނާއި، ސަންގު ޓީވީން ލައިވް ކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!