ހއ. ހޯރަފުށީގައި ތަރައްގީކޮށްފައިވާ ކުޑަކުދިންގެ ޕާކު، ''ކޮއި ޕާކު'' ކުލަގަދަ ރަސްމިއްޔާތަކާއެކު މިރޭ ހުޅުވައިފިއެވެ.

މި ކުޑަކުދިންގެ ޕާކަކީ، ހޯރަފުށީ ކައުންސިލާ، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ގުޅިގެން ތަރައްގީކޮށްފައިވާ ޕާކެއްކަމަށް ހޯރަފުށީ ކައުންސިލުން ވިދާޅުވެއެވެ.

Ad
rt

މި ޕާކު ހުޅުވުމަށް ބޭއްވި ކުލަގަދަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ހޯރަފުށީ ކައުންސިލާ، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ މެންބަރުންނެވެ.

ކޮއި ޕާކު، ފޮޓޯ: ހޯރަފުށީ ކައުންސިލް

މި ޕާކު ހުޅުވުމާއި ގުޅިގެން ހޯރަފުށީ ކައުންސިލުން ވިދާޅުވީ، އެއީ ގަރުނު ތަކަކަށްފަހު، ހޯރަފުށީގެ ކުޑަ ކުދީންގެ އިންތިޒާރުގެ ނިމުން ކަމަށެވެ.

ކޮއި ޕާކު، ފޮޓޯ: ހޯރަފުށީ ކައުންސިލް

ކޮއި ޕާކު ހުޅުވާފައި ވަނީ، ސަގާފީ ގިނަ ކުޅިވަރުތަކަކާއެކުގައެވެ. އޭގެތެރޭގައި ބިލެއްދަފި، ކޯޑި، މާފަތި، ދަނޑި، ފަންކާ، އަދި ފަތިގަނޑު ނެށުމުގެ ފަރި ސަގާފީ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.