މިއަހަރުގެ ހައްޖު އަޅުކަމަށް ދިޔަ ރާއްޖޭގެ ހައްޖުވެރިން ހައްޖުގެ އަޅުކަމަށްފަހު މިއަދު ރާއްޖެ އަންނަން ފަށައިފިއެވެ.
1444 ވަނަ އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ޙައްޖަށްދާ ޙައްޖާޖީން ފުރާފައި ވަނީ ޖޫންމަހުގެ 12 އިން 19 އަށެވެ.
ދިވެހި ހައްޖުވެރިން މިއަދު ރާޖެ އަންނަން ފެށިއިރު މިގޮތުން މިއަދު ވަނީ ދެ ފްލައިޓެއްގައި ހައްޖުވެރިން ރާއްޖެ އައިސްފައެވެ. މިއަދު ރާއްޖެ އައިސްފައި ވަނީ ޙައްޖު ކޯރޕަރޭޝަނާއި، އަލް މަނާސިކް ގްރޫޕްގެ ހަވާލުގައި ދިޔަ މީހުންނެވެ.
ދިވެހި ޙައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 6 ފްލައިޓެއްގައެވެ.
މީގެތެރެއިން މިއަދު ދެ ފްލައިޓެއްގައި ހައްޖުވެރިން އައިއިރު، ޖުލައި މަހުގެ 10 ވަނަ ދުވަހު އެއް ފްލައިޓްގެ ހައްޖުވެރިން އަންނާނެއެވެ. އަދި ޖުލައި 11 ވަނަ ދުވަހު 4 ވަނަ ފްލައިޓުން، ޖުލައި 12 ވަނަ އެއް ފްލައިޓުން އަދި ޖުލައި 14 ގައި އެއް ފްލައިޓުން ހައްޖުވެރިން އަންނާނެއެވެ.
ޖުލައި 10 ވަނަ ދުވަހު ވެސް އަންނާނީ ހައްޖު ކޯޕަރޭޝަނުން ހައްޖަށް ގެންދިޔަ ބަޔެކެވެ. ޖުލައި 11 ވަނަ ދުވަހު އަންނާނީ ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގުރޫޕުގެ ހަވާލުގައި ދިޔަ މީހުންނެވެ. ޖުލައި 12 ވަނަ ދުވަހު އަންނާނީ އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ގުރޫޕުގެ ހަވާލުގައި ދިޔަ މީހުންނެވެ. ޖުލައި 14 ގައި އަންނާނީ ޙައްޖު ކޯރޕަރޭޝަންގެ ހަވާލުގައި ގެންދިޔަ ހައްޖުވެރީންނެވެ.
ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ޚާއްސަކޮށް ދަތުރުތައް ސަރުކާރުން ހަމަޖައްސަމުން އަންނައިރު، މާލެއާއި ހުޅުމާލެ އަދި ވިލިމާލެއިން ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.
ސައޫދީ ސަރުކާރުން ދެއްވި 1000 ކޯޓާގައި މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގޮސްފައިވާއިރު، މި އަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 27 ވީ އަންގާރަ ދުވަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!