މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ހދ. އަތޮޅުގެ ތިން ރަށަކަށް މިއަދު ވަޑައިގަންނަވާނެ ކަމަށް އެމްއެންޕީން ބުނެފިއެވެ.

ނާޒިމްގެ ކެމްޕޭން ޖަލްސާއެއް ރޭ ވަނީ ކުޅުދުއްފުށީ ސިޓީގައި ބާއްވާފައެވެ.

Ad
rt

އެއަށްފަހު މިއަދު ހދ. އަތޮޅުގެ ތިން ރަށަކަށް ނާޒިމް ވަޑައިގަންނަވާނެ ކަމަށް އެމްއެންޕީން ބުނެއެވެ.

ނާޒިމް މިއަދު ވަޑައިގަންނަވާ ރަށްތަކަކީ ނެއްލައިދޫ، ވައިކަރަދޫ އަދި މަކުނުދޫ އެވެ. މަކުނުދޫގައި މިރޭ ކެމްޕޭން ޖަލްސާއެއް އޮންނާނެ ކަމަށް އެ ޕާޓީން މައުލޫމާތު ދެއްވައެވެ.